ޚަބަރު

އޮސްކާ ނޮމިނޭޝަން، އެންމެ ކުރީގައި "އެވްރިތިން އެވްރިވެއަރ އޯލް އެޓް ވަންސް"


އަންނަ މާރިޗުމަހުގެ 12 ވަނަދުވަހު ބާއްވާ އޮސްކާ އެވޯޑްގެ މިފަހަރުގެ ނޮމިނޭޝަންތައް ރޭ މިވަނީ އިއުލާންކޮށްފައެވެ. 95 ވަނަ އެކަޑަމީ އެވޯޑްސްގެ ނޮމިނޭޝަން ލިސްޓުގެ އެންމެ ކުރީގައި އޮތީ "އެވްރިތިން އެވްރިވެއަރ އޯލް އެޓް ވަންސް" މި ފިލްމެވެ.

އޮސްކާ ނޮމިނޭޝަންގައި އެންމެ ކުރީގައި އޮތް "އެވްރިތިން އެވްރިވެއަރ އޯލް އެޓް ވަންސް" 11 ކެޓަގަރީއަކުން ވަނީ ނޮމިނޭޓްވެފައެވެ. އޭގެ ފަހަތުން ދެން އޮތީ "އޯލް ކުއައިޓް އިން ދަ ވެސްޓާން ފްރަންޓް" އަދި " ދަ ބެންސީރީސް އޮފް އިނިޝީރިން " އެވެ. މި ދެ ފިލްމު 9 ކެޓަގަރީއެއްގައި ވާދަކުރެއެވެ. މީގެއިތުރުން މިއަހަރުގެ ބްލޮކް ބަސްޓަރސްގެ ގޮތުގައި ގުނި "ޓޮޕް ގަން މާވެރިކް" އެވޭޓަަރ ދަ ވޭ އޮފަ ވޯޓަރ" ވެސް މި ލިސްޓުގައި އެބައޮތެވެ.

އެންމެ މޮޅު ފިލްމު

- " އޯލް ކުއިޓްް އޮން ދަ ވެސްޓަރން ފްރަންޓް"
- " އެވޭޓަރ: ދަ ވޭ އޮފް ވޯޓަރ"
- " ދަ ބެންސީރީސް އޮފް އިނިޝީރިން "
- " އެލްވިސް"
- "އެވްރިތިން އެވްރިވެއަރ އޯލް އެޓް ވަންސް "
- "ދެ ފެބްލްމަންސް"
- "ޓާ"
- " ޓޮޕް ގަން މާވެރިކް"
- " ޓްރައިންގަލް އޮފް ސޭޑްނަސް "
- " ވުމަން ޓޯކިން "

އެންމެ މޮޅު އެނިމޭޓެޑް ފިލްމު

- " ޕިނޯކިއޯ"
- " މާސެލް ދި ޝެލް ވިތް ޝޫޒް "
- " ޕުސް އިން ބޫޓްސް : ދަ ލާސްޓްް ވިޝް "
- " ދަ ސީ ބީސްޓްް "
- " ޓާނިން ރެޑް"

ބެސްޓް އެކްޓަރ

- " އޮސްޓިން ބަޓްލަރ " އެލްވިސް
- " ކޮލިން ފެރަލް " ދަ ބެންސީރީސް އޮފް އިނިޝީރިން
- " ބްރެންޑަން ފްރޭސަރ " ދަ ވޭލް
- " ޕައުލް މެސްކާލް " އަފްޓަރ ސަން
- " ބިލް ނައި " ލިވިންގ

ބެސްޓް އެކްޓެރެސް

- " ކޭޓް ބެލްންޗެޓް" / ޓާރ
- " އަނާ ޑި އަރްމާސް " / ބްލޮންޑްް
- " އެންޑްރިއާ ރައިސްބަރާ " / ޓު ލެސައިލް
- " މިޝެއިލް ވިލިއަމްސް " / ދަ ފެބުލްމެންސް
- " މިޝެއިލް ޔޯއު " / އެވްރްތިން އެވްރިވެއަރ އޯލް އެޓް ވަންސް

ބެސްޓްް ޑައިރެކްޓަރ

- " މާޓިން މެކްޑަނަރ" / ދަ ބެންޝީސް އޮފް އިންޝިއަރިންް
- "ޑެނިއަލް ޝައިނާޓް" އަދި " ޑެނިއަލް ކުއާން" / އެވްރިތިން އެވްރިވެއަރ އޯލް އެޓްް ވަންސް
- " ސްޓީވަން ސްޕީލްބާގް " ' ދަ ފެބުލްމެންސް
- " ޓޮޑް ފީލްޑް" / ޓާރ
- " ރުބެން އޮސްލަންޑް " / ޓްރައިންގަލް އޮފް ސޭޑްނަސް

މި ފަހަރުގެ އޮސްކާ ނޮމިނޭޝަނާއި އެކު ހިންދީ ސިނަމާތައްވެސް ވަނީ ތާރީހުގެ ތެރެއަށް ވަދެފައެވެ. ހިންދީ ސިނަމާތަކުގައި މަޝްހޫރުވެ ކާމިޔާބު ހޯދި އެސްއެސްް ރާޖްމޯލީގެ "އާރްއާރްއާރް" ގެ ލަވަ "ނާޓު ނާޓު" މި ވަނީ އޮސްކާގައިވެސް އެންމެ މޮޅު ލަވައިގެ ކެޓަރީގައި ހިމެނިފައެވެ. މި ލަވަ ވަނީ މިއަހަރުގެ ގޯލްޑަން ގްލޯބް އެވޯޑްސްގައިވެސް ވާދަކޮށްް އެންމެ މޮޅު ލަވައިގެ އެވޯޑް އުފުލާލާފައެވެ. އަދި އެއީ އިންޑިއާގެ ލަވައަކަށްް ގޯލްޑަން ގްލޯބް އެވޯޑް ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ރޭ އޮސްކާ ނޮމިނޭޝަން އިއުލާންކުރިއިރު އޮސްކާގައިވެސް މި ލަވަ ވަނީ " ބެސްޓް އޮރިޖިނަލް ސޯންގް" ގެ ބައިން ނޮމިނޭޓްވެފައެވެ.

މި ލަވަ ވާދަކުރަނީ ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތަރިން ކަމަށްވާ ލޭޑީ ގާގާ، ރިހާނާ އަދި ޓޭލަރ ސްވިފްޓްގެ ލަވަތަކާއެވެ. މި ލަވަ ގޯލްޑަން ގްލޯބް އެވޯޑް އުފުލާލީވެސް މި ލަވަކިޔުންތަރިންނާއި ވާދަކޮށެވެ.