ޚަބަރު

ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 10 ބޭފުޅަކު ކުރިމަތިލައިފި


ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމަށް 10 ބޭފުޅަކު ޝަޢުޤުވެރިކަން ފާޅުކޮށް ކުރިމަތިލައިފިއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަނުން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ 02 މަގާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުމުން ސުންގަޑި ހަމަވިއިރު އެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލެއްވިކަމަށެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ކުރިމަތިލެއްވި ބޭފުޅުން

1. މުޙައްމަދު އިޙްސާން / ނޫރުވާދީ, ކ.ތުލުސްދޫ
2. މުޙައްމަދު ސަމީރު / ހިތްވަރު, ރ.އިނގުރައިދޫ
3. އަޙްމަދު ރިފްޝާން / ކަޝްމީރުގެ, ސ. ފޭދޫ
4. އިބްރާހީމް އިޙްސާން / އެށެވެލި, ސ.މަރަދޫ
5. އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ, ބ. ހިތާދޫ
6. ރަފީއުއްދީން އަހްމަދު / ސްނޯޑްރޮޕް, ސ. ހިތަދޫ
7. އަޙްމަދު އާދަމް / އެތުމާގެ, ގއ.ގެމަނަފުށި
8. ޙުސައިން ސާލިމް / އާރު, ހއ.މާރަންދޫ
9. ސިޔާމާ މުޙައްމަދު / މާލެ ދަފްތަރު ރސ 13194
10. އިބްރާހީމް ޛިހުނީ / ބިއްލޫރިޖެހިގެ, ގއ.ނިލަންދޫ

ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެއެވެ. އަދި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިިގްރީ ހާސިލްކޮށްފައިވާ މީހަކަށް ވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން 2 އަހަރު ދުވަހު ތަޖުރިބާ ހުރުމަކީވެސް މި މަޤާމަށް ކުރިތިމަތިލާ މީހެއްގެ ޝަރުތެކެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީންނަށް އަސާސީ މުސާރައާއި އެހެނިހެން އިނާޔަތަކާއި އެކު މަހެއްގެ މައްޗަށް 48300 ރުފިޔާ ލިބެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި، ފޯނު އެލަވަންސްވެސް ލިބިގެންދާނެއެވެ.