ޚަބަރު

އދ.ގެ އެސިސްޓަންޓް ސެކެޓްރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި


ދިވެހި ސަރުކާރުގެ ދަޢުވަތަކަށް އދ.ގެ އެސިސްޓަންޓް ސެކެޓްރީ ޖެނެރަލް މިރޮސްލޮވް ޔެނެޗް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ޔެނެޗަށް މަރުޙަބާ ވިދާޅުވީ ޚާރިޖީ ވަޒީރު ދުންޔާ މައުމޫންއެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ހާމަކުރައްވާގޮތުގައި މިދަތުރުގެ ތެރެއިން އދ.ގެ އެސިސްޓަންޓް ސެކެޓްރީ ޖެނެރަލާއި ރާއްޖޭގެ ކަމާބެހޭ ދާއިރާތަކުގެ އޮފިޝަލުން މަޝްވަރާތައް ކުރިޔަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.މިދަތުރުގައި ޔެނެޗްއާއެކު އދގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާރސްގެ އެކްޓިންގް ޗީފް އޮފް އޭޝައާ އެންޑް ދަ ޕެސިފިކް ޑިވިޝަން، ޝިން އުމޭޒުވެސް ރާއްޖެ ވަޑައިގެންނެވިއެވެ.