ޚަބަރު

މާލޭގެ ބައެއް މަގުތަކަށް ރާފުޅިތަކެއް އުކާލި މައްސަލައެއް ބަލަނީ


މާލޭގެ ބައެއް މަގުތަކަށް މިރޭގެ ވަގުތެއްގައި ބަނގުރާ ފުޅިތަކެއް އުކާލާފައިވާ މައްސަލައެއް ތަހުގީގު ކުރައްވަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މާލޭގެ ބޮޑު ތަކުރުފާނު މަގާއި، އަދިވެސް ބައެއް މަގުތަކަށް މިރޭގެ އެކި ވަގުތު ތަކުގައި ބަނގުރާ ފުޅިތަކެއް އުކާލާފައިވާކަމަށާއި، އެކަންކުރި މީހުން ހޯދަމުންދާ ކަމަށެވެ.މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، އެކަން ކޮށްފައިވަނީ ދުއްވާފައިދިޔަ ކާރެއްގައި ތިބި ބަޔަކު ކަމަށާއި، އެއީ ކޮންބައެއްކަން ދެނެގަތުމަށް އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއްވައެވެ.