ދުނިޔޭގެ ވިޔަފާރި

ޖަޕާނުގެ އިންފްލޭޝަން މައްޗަށް


ޖަޕާނުގެ އިންފްލޭޝަން މިދިޔަ ޑިސެމްބަރު މަހު މަތިވެއްޖެއެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއި، މިދިޔަ އަހަރުގެ ޑިސެމްބަރު
މަހު އެޤައުމުގެ އިންފްލޭޝަން ވަނީ %4 އަށް މައްޗަށް އަރާފައެވެ. މިއީ މަރުކަޒީ ބޭންކުން އަމާޒުކޮށްފައިވާ ޢަދަދަށްވުރެ %2 އިތުރު ޢަދަދެކެވެ. އަދި މިއީ ވޭތުވެދިޔަ 41 އަހަރު ދުވަހުގެ ތެރޭގައިވެސް ޖަޕާނުގެ އިންފްލޭޝަން މައްޗަށް ނުދާހާ މަތީ އަދެކެވެ.

އިންފްލޭޝަން މަތިވިނަމަވެސް، ދިރިއުޅުމުގެ ޚަރަދު ބޮޑުވުމަށް ދިމާވާ ކަންކަން ފޫބައްދައި އިންފްލޭޝަން ހަމަޔަކަށް އެޅުވޭނެކަމުގެ ޔަގީންކަން ނެތުމުގެ ސަބަބުން އެޤައުމުގެ ބޭންކް އޮފް ޖަޕާން،ބީ އޯޖޭ އިން އިންޓަރެސްޓު ރޭޓު މަތިކުރާނެކަމަށް ވަނީ ބެލެވިފައެވެ.

"ތަކެތީގެ އަގު އުފުލުނު ނަމަވެސް އެކަމާއި މެދު ކުންފުނިތަކުން މާ ބޮޑު ސަމާލުކަމެއް ނުދޭ. މިއަހަރު ހޫނު މުސުމާއި ހަމައަށްވެސް ބީއޯޖޭ އިން އަމާޒުކޮށްފައިވާ %2 އަށް ވުރެ މަތީގައި އިންފްލޭޝަން ރޭޓު ހުރެދާނެ." އިޗީ ލައިފް ރިސާޗް އިންސްޓިޓިއުޓްގެ އިސް އިގްތިސާދީ މާހިރު ޔޮޝިކީ ޝިންކޭ ވިދާޅުވިއެވެ.

ޑިސެމްބަރު މަހު ކޯރ ކޮންސިއުމަރ ޕްރައިސް އިންޑެކްސް، ސީޕީއައި މަތިވެފައިވާއިރު، މިއި ތާޒާ ކާނާ ނުހިމަނައި ތެލުގެ އަގު ހިމެނޭ އިންޑެކްސް އެކެވެ.
ކޯރ ސީޕީއައިގެ އަހަރީ ކުރިއެރުމާއިއެކު، ޖެހިޖެހިގެން 9 މަހަށް %2އަށް އިންފްލޭޝަން މަތިވެފައި ވަނީ ހެމްބަރގަރސް އާއި ޕޮޓޭޓޯ ޗިޕްސް އިން ފެށިގެން އެއަރކޮންޑިޝަނަރާއި ހަމައަށް މުދަލުގެ އަގުތައް އުފުލުމުންނެވެ.

ނަމަވެސް ތަފާސްހިސާބުތައް ގާތުން ބަލާލުމުން އެނގޭ ގޮތުގައި އެމެރިކާއާއި، ޔޫރަޕްގެ މަރުކަޒީ ބޭންކުތަކަށް އިންޓަރެސްޓް ރޭޓް ބޮޑުކުރަން މަޖުބޫރުވެފައިވީނަމަވެސް، އިންފްލޭޝަން ސްޕައިރަލްއެއްގެ ނުރައްކާ ޖަޕާނަށް އަދި ކުރިމަތިވެފައެއް ނުވެއެވެ.

އިންފްލޭޝަން މަތިވާން މެދުވެރިވި މައިގަނޑު ސަބަބަކީ ހަކަތައިގެ އަގު އުފުލުން ކަމަށްވާއިރު، މިއީ މީގެ އަހަރެއްހާ ދުވަސް ކުރިއާއި އަޅާބަލާއިރު ޑިސެމްބަރު މަހު %15.2 އިގެ އިތުރުވުމެކެވެ.