ދުނިޔޭގެ ވިޔަފާރި

މަސްވެރިންނަށް ދޭ ސަބްސިޑީ ދޭން ޗައިނާއިން އެއްބަސްވެއްޖެ


މަސްވެރިކަމުގެ ބޮޑު ޤައުމެއް ކަމަށްވާ ޗައިނާގެ އަމާޒަކީ މަސްވެރިކަމުގެ ސަބްސިޑީ ކުޑަކުރުމާއި ބެހޭ ގޮތުން ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން، ޑަބްލިޔު.ޓީ.އޯ އިން މި އަހަރު ވެފައިވާ އެއްބަސްވުން ފާސްކުރުން ކަމަށް އެ ޤައުމުގެ ކޮމާސް މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ބައްދަލުވުމެއްގައި ޑަބްލިޔު.ޓީ.އޯގެ 164 މެމްބަރު ޤައުމުން ވަނީ މަސްވެރިންނަށް ސަބްސިޑީ ދޭން އެއްބަސްވެފައެވެ. ޗައިނާއަކީ ވަރަށަ ބޮޑަށް ސަބްސިޑީ ދޭ ޤައުމެއް ކަމުން މި އެއްބަސްވުމަށް އެޤައުމުން އާ ބަސް ބުނުމަކީ މުހިންމު ކަމެއް ކަމަށް އޮބްޒާވަރުން ބުނެއެވެ.

ހުކުރު ދުވަހު ސްވިޒަލޭންޑުން ވެސް ވަނީ އެޤައުމުގެ ޑަވޯސްގައި ކޮންމެ އަހަރަކު ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބޭއްވި ބައްދަލުވުމެއްގައި އެ އެއްބަސްވުން ތަސްދީގުކުރާނެ ކަމަށް ބުނެފައެވެ.

ބިން ހިއްކާފައިވާ ސްވިޒަލޭންޑަކީ މަސްވެރިކަމުގެ މުހިންމު ޤައުމެއް ނޫން ނަމަވެސް، އާ ގަވާއިދުތަކަށް އަމަލުކުރަން ފަށާނީ ޑަބްލިޔު.ޓީ.އޯގެ 100 އެއްހާ މެމްބަރުން ތަސްދީގު ކުރުމުން އެކަނި ކަމަށްވާތީ ސްވިލަޒޭންޑުންވެސް މި އެއްބަސްވުން ތަސްދީގު ކުރުމަކީ މުހިންމު ކަމެއް ކަމަށް އެކްޓިވިސްޓުން ބުނެއެވެ. އެންޖީއޯ ދަ ޕިއު ޗެރިޓަބަލް ޓްރަސްޓްސްގެ އިޒާބެލް ޖެރެޓް ވަނީ އެއީ "އެކަށީގެންވާ ވަރަށް މުހިންމު ފިޔަވަޅެއް" ކަމަށް ވިދާޅުވެފައެވެ.