ޚަބަރު

ރާއްޖޭގައި ހިންގި ފުރަތަމަ ފޮރެންސިކް ޑައިވިންގ ކޯސް ނިންމާލައިފި


އީޔޫ ކްރިމާރީއޯ އިިން އިންތިޒާމުކޮށްގެން ޕްރެންޗް ޒުންޑާމުރީ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ރާއްޖޭގައި ހިންގި ފުރަތަމަ ފޮރެންސިކް ޑައިވިންގ ކޯސް ނިންމާލައިފިއެވެ.

މި ކޯސް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީއެވެ.

މިމަހުގެ 3 އިން 13 އަށް ހުޅުމާލޭގައި ހުންނަ އެމް.އެން.ޑީ.އެފް ކަލާސީނު ކޮށީގައި ކުރިއަށްދިޔަ މިކޯހުގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ 6 ބޭކަލުން އިތުރުން ސްރީލަންކާ ކޯސްޓްގާޑާއި، ސްރީލަންކާ ނޭވީގެ 6 ބޭކަލުންނާއެކު ޖުމްލަ 12 ބޭކަލުން ބައިވެރިވެފައިވެއެވެ.

މި ކޯހުގައި ކިޔަވާދެއްވި ފަރާތްތަކަށާއި ކޯސް ފުރިހަމަކުރެއްވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީއެވެ. މިރަސްމިއްޔާތުގައި ފްރެންޗް ޒުންޑާމުރީގެ ފަރާތުން ވަނީ ދިވެހިރާއްޖެއަށާއި ސްރީލަންކާއަށް އަންޑަރ ވޯޓަރ ކެމެރާއެއް ވަނީ ހަދިޔާ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ކޮމަޑާންޓް ކޯސްޓްގާޑް ކާނަލް އިބްރާހީމް ޙިލްމީ ވަނީ ކޯހުގެ ދަރިވަރުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ކާނަލް އިބްރާހީމް ޙިލްމީ ވާހަކަފުޅުގައި މިއީ މިފަދަ ކޯހެއް ރާއްޖޭގައި ހިންގި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ކޯހުގެ މުހިންމުކަމާއި އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތަކުގެ ސަލަމަތީ ބާރުތަކަށް މި ކޯހުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ވަނީ ވާހަކަދައްކަވާފައެވެ.

އެމް.އެން.ޑީ.އެފްއިން ވިދާޅުވީ، ފްރެންޗް ޒުންޑާމުރީގެ އިންސްޓްރަކްޓަރުން ކިޔަވައިދެއްވި މިކޯހަކީ މޫދުގައި ނުވަތަ ކަނޑުއަޑީގައި ހިންގާ ޤާނޫނާއި ޚިލާފު ތަފާތު ޢަމަލުތަކުގެ ތަޙުޤީގަށް ބޭނުންވާ ހެއްކާއި ޤަރީނާ ހޯދާނެ ގޮތުގެ ޢިލްމު އުގަންނައި ދިނުމަށް ހިންގި ކޯހެއްކަމަށެވެ.

މީގެ އިތުރުން މިކޯހުގައި ނޮލެޖް އެންޑް އަންޑަސްޓޭންޑިންގ އެބައުޓް ދި އަންޑަރ ވޯޓަރ ސައިންޓިފިކް ޕޮލިސް، އަދި ޑައިވަރސް ތުރޫ ޓު ކެރީ އައުޓް ޑީއެންއޭ ސާމްޕަލްސް، ފިންގަރޕްރިންޓް ރީޑިންގސް، ޑައިވިންގ އެކްސިޑެންޓްސް، ޕްލޭން އެކްސިޑެންޓްސް މެރިޓައިމް އެކްސިޑެންޓްސް އެންޑް ބެލިސްޓިކްސްގެ އިތުރުން ސައިންޓިފިކް ލެބޯޓަރީތަކުގައި އެވިޑެންސް ޕްރޮސެސްކުރާނެ ގޮތް ކިޔައިދީފައިވާކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.