ދުނިޔެ

ރެފިއުޖީންގެ މައްސަލައިގައި 3 ގައުމެއްގެ ވެރިން ބައްދަލުކޮށްފި


ވިލާތުގެ އިއްތިހާދުގެ ގައުމުތަކަށް ހިޖުރަކުރަމުންދާ މީހުންގެ މައްސަލައިގައި 3 ގައުމެއްގެ ވެރިން ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލާ މަރކެލް އާއި ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސީޕަރާސްގެ އިތުރުން ފަރަންސޭސިވިލާތުގެ ރައީސް ފްރަންސުއާ އޮލޯންދް ބައިވެރިވެވަޑައިގެންނެވިއެވެ. ވިލާތަށް ހިޖުރަކުރާ މީހުންގެ އެ ސަރަހައްދަށް އެތެރެވާ މައި ސަރަހައްދަކީ ގްރީސްއެވެ. އެގައުމުގެ ބޯޑަރުތައް އިތުރަށް ހަރުދަނާ ކުރުމާއި ބެހޭ ގޮތުން 50 ހުށަހެޅުމެއް ވިލާތުގެ އިއްތިހާދުގެ މެންބަރު ގައުމުތަކުގެ މިނިސްޓަރުން ވަނީ ހުށަހަޅުއްވާފައެވެ. އަދި، މި ހުށަހެޅުންތައް ތަންފީޒުކުރުމަށް ގްރީސަށް ވަނީ ތިން މަސްދުވަހުގެ މުހުލަތެއްވެސް ވަނީ އަރުވާފައެވެ. ގްރީސުން ވަނީ މުޅި ވިލާތުގެ އިއްތިހާދަށް ޖުމްލަކޮށް ތަންފީޒުކުރެވޭ ސިޔާސަތަކަށް ގޮވާލާފައެވެ. އެގައުމުން ބުނާ ގޮތުގައި އެގައުމުގެ މާލީ ހާލަތަށް ބަލާއިރު، އިތުރު ރެފިއުޖީންނަށް ހިމާޔަތް ދިނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމެއް ނޫން ކަމަށެވެ.