ސިއްހަތު

މައިކްރޯ ސެފަލީއާއި ޒިކާއާ ގުޅުން ހުރިކަމުގެ ހެކި ދަނީ ފެންނަމުން


މާބަނޑު މީހުންގެ ބަޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ސިކުނޑި އައިބުކޮށްލާ ބަލި މައިކްރޯ ސެފަލީ އާއި ޒިކާ ވައިރަސްއާ ގުޅުން ހުރިކަމުގެ ގިނަ ހެކިތައް ފެންނަމުންދާކަމަށާ، ނަމަވެސް މިކަން ޔަގީންވުމަށް އަދިވެސް އެތައް މަހެއް ނަގާފާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯއިން ބުނެފި. މަދިރީގެ ޒަރީއާއިން ފެތުރޭ ޒިކާ ވައިރަސް ފެތުރުން މިއީ ބައިންލައަގްވާމީ ސިއްހީ އިމަރޖެންސީއެއް ކަމަށް ޑަބްލިއުއެޗްއޯ އިން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ. މައިކްރޯ ސެފަލީ ޖެހުމުން މާބަޑު މީހުންގެ ބަޑުގައި އޮންނަ ދަރިފުޅުގެ ސިކުޑި އުފެދުން ހުއްޓި ސިކުނޑިއަށް އައިބު ކަމެއް ގެނުވައެވެ. ޒިކާ ވައިރަސް މިހާރު ދުނިޔޭގެ ތިރީހަކަށް ގައުމުން ވަނީ ފެނިފައެވެ. ޑަބްލިއުއެޗްއޯ އިން ވަނީ ޒިކާ ވައިރަސް ކޮންޓޯލް ކުރުމަށް ޖޫންމަހުގެ ނިޔަލަށް ފަންސާސް ހަ މިލިއަން ޑޮލަރު ބޭނުން ވާނެ ކަމަށް ބުނެފައެވެ. އެއީ މަދިރި އުފެދޭ ތަންތަން ނައްތާލުމަށް އެހީތެރިވުމަށާ ތަހްލީލް ތަކަށް ޚަރަދު ކުރުމަށް ކަމަށް އެފަރާތުން ބުނެއެވެ.