ޚަބަރު

އީވްނިންގ ކެފޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި


މ. އީވްނިންގ ކެފޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

އެމް.އެން.ޑީ.އެފްއިން ވިދާޅުވީ މި ޙާދިސާގެ މަޢުލޫމާތު ލިބިފައިވަނީ އިރުއޮއްސި 18:12 ހާއިރުކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ އީވްނިންގ ކެފޭގެ ބަދިގޭގައިކަމަށްވެސް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވިކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައެއްނުވެއެވެ.

އިތުރު ތަފްސީލް އަންނަނީ...