ޚަބަރު

ހުޅުމާލެއިން ފެނުނީ ލައްގާފައި ހުރި ކަށިތަކެއް


ހުޅުމާލޭ ރެޑްބުލް ޕާކު ކައިރިން ފެނުނު އިންސާނެއްގެ ކަށިތަކަކީ ލެއްގި ކަށިތަކެއް ކަމަށް ބެލެވޭކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ރެޑްބުލް ޕާކު ހިމެނޭ ސަރަޙައްދުގެ އަތިރިމަތިން އިންސާނެއްގެ ކަށިތަކެއްކަމަށް ބެލެވޭ ކަށިތަކެއް ފެނިފައިވާކަމުގެ މަޢުލޫމާތު އިއްޔެ ހަވީރު 17:38 ހާއިރު ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި އެ ކަށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކަކީ ލައްގާފައިވާ ކަށިތަކެއް ކަމަށް ބެލެވޭކަމަށެވެ. އަދި އެކަން އިތުރަށް ބަލަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.