ޚަބަރު

ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފި


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާކަމަށް ރިޕޯޓްކޮއްފައިވަނީ ރޭގެ 1:15 ހާއިރުކަމަށެވެ. މި ހަމަލާގައި ޒަޚަމްވެފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ހަމަލާގެ ރިޕޯޓް ލިބުމާއެކު އެ ސަރަހައްދަށް ފުލުހުން ދިޔައަކަމަށާއި، ޒަޚަމްވި މީހާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަކަމަށެވެ. މި ހަމަލާއާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަނުކުރައްވައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.