ޚަބަރު

އެން ދަމަން ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ


ގއ. ދެއްވަދޫއިން މަހަށް ނުކުތް ދޯންޏަކުން އެންދަމަން ފޭބި މީހެއް މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނިގޮތުގައި މަރުވީ މަސް ކުރަނގި ނަމަކަށް ކިޔާ ދޯންނަކުން އެންދަމަން ފޭބި އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އޭނާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ ހެނދުނު 8:30 ހާއިރު ކަމަށެވެ.

ޢެމްއެންޑީއެފްއިން ބުނީ އެމީހާ ފެނުނީ އޭނާ ހޯދަން ދެއްވަދޫއިން ނިކުތް ލޯންޗަކަށް ހެނދުނު 10:37 ހާއިރު ގއ. ވިލިނގިލީ ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން ފެންމަތީގައި އޮތްވާކަމަށެވެ. އަދި ދެއްވަދޫ ސިއްހީ މަރުކަޒަށް އޭނާ ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.