ޚަބަރު

އައިސީއާރްސީއާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން ސެމިނަރއެއް ހިންގައިފި


އައިސީއާރްސީއާޢި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ސެމިނާއެއް ހިންގައިފިއެވެ.

މި ސެމިނައިގަ ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދެއްވީ އައިސީއާރުސީގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅުންނެވެ.

އިންޓަރނޭޝަނަލް ކޮމިޓީ އޮފްދަ ރެޑްކްރޮސް (އައިސީއާރްސީ) އާއި އެމްއެންޑީއެފް ގުޅިގެން ސެމިނަރއެއް ހިންގައިފިއެވެ. މި ސެމިނަރ ކުރިއަށް ގެންގޮސްފައިވަނީ ޑިސެންބަރު 21 އިން 22 އަށް "މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންސް، އިންޓަރނޭޝަނަލް ރޫލްސް އޮފް ސްޓޭންޑަރޑްސް ފޮދަ އެކްސަސައިޒް އޮފް މެރިޓައިމް ލޯ އެންފޯސްމަންޓް ޕަވަރ"ގެ ނަމުގައެވެ.

ހުލުމާލޭގައި ކުރިއަށް ދެންގެވުނު މި ސެމިނަރގައި ބައިވެރިވީ ޖުމްލަ 30 މީހުންނެވެ. އެއީ މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ 15 ފުލުހުންނާއި އެމްއެންޑީއެފްކޯސްޓްގަރޑްގެ 15 ބޭފުޅުންނެވެ.

މި ސެމިނައިގައި ބައިވެރި ބައިވެރިންނަށް ކިޔަވައިދެވިފައިވާ ބައިތަކަކީ، މެރިޓައިމް ސެކިއުރިޓީ އޮޕަރެޝަންސްގެ ޕަރސްޕެކްޓިވްސް އާއި ގުޅޭތުންނާއި އައިއާރުސީގެ ރޯލާ މެންޑޭޓްގެ ބައިތަކުގެ އިތުރުން ޕްރޮޓެކްޝަން އެންޑް ޑިގްނިފައިޑް މެނޭޖްމަންޓްއޮފް ދަ ޑެޑް އެޓް ސީއާއި ޕްރިސިޕަލްސް ގަވަރނިންގް ދަ އެކްސަސައިޒް އޮފް ލޯ އެންފޯސްމަންޓް އޮފިސަރސް ޕަވަރގެ އިތުރުން ޔޫސް އޮފްފޯސް އެންޑް ފަޔަރ އާމްސް އެޓްސީ ފަދަ ބައިތަކެވެ.

އައިސީއާރުސީއަކީ 1863 ވަނަ އަހަރު ފެށިގެން ދިމާވާ ކާރިސާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަގުވާމީ ފެންވަރުގެ ޖަމާއަތެކެވެ. މި ޖަމިއްޔާގެ މުވައްޒަފުންގެ ގޮތުގައި 20000 ވުރެ ގިނަ މުވައްޒަފުން ދުނިޔޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރަމުންދެއެވެ.