ޚަބަރު

ދެކުނުގެ 5 އަތޮޅަށް، ކުރިއަށް އޮތް 4 ގަޑިއިރު މޫސުން ގޯސްވާނެ


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ލ
އަތޮޅާއި ސ އަތޮޅާއި ދެމެދުގެ ރަށްތަކަށް ކުރިއަށް އޮތް 4 ގަޑިއިރު މޫސުން
ގޯސްވާނެ ކަމަށް ލަފާ ކުރެއްވޭތީ، އެ
ސަރަހައްދަށް ޔެލޯ އެލާޓް ނެރުއްވައިފިއެވެ.  

މިއަދު ހެނދުނު ނުވަގަޑި ސާޅީސް ފަހަކުން
ފެށިގެން، މެންދުރު ފަހު 1:45 އާއި ހަމައަށް މި އެލާޓް ވަނީ
ނެރުއްވާފައެވެ. މި ގަޑިތަކުގައި ލ އަތޮޅާއި، ސ އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް
ވާރޭ ވެހި ވައިގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.