ޚަބަރު

އައި.އީ.ޑީ މައްސަލައިގައި 4 މީހެއްގެ މައްޗަށް ދައުވާކުރަނީ


މުލިއާގޭ ކައިރީގައި އައިއީޑީއެއް ބޭއްވި ކަމުގެ ތުހުމަތުގައި ހަަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ކޯޓަށް ހުށަހަޅައިފިއެވެ. މިމައްސަލައިގައި ދައުލަތުން ދަޢުވާކުރި 4 މީހުންގެ ތެރެއިން އެކެއްގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުނު ކަމުގެ ކުށުގެ ދައުވާއެވެ. އަދި އަނެއް ތިން މީހުންގެ މައްޗަށް އުފުއްލަވާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދަޢުވާއެވެ. މުލީއާގެ ކައިރިން އައިއީޑީއެއް ފެނިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. އައިއީޑީ ފެނުމާއެކު އެމްއެންޑީއެފުން ވަނީ އެ އައިއީޑީ ސްޓޭޑިއަމް ސަރަހައްދަށް ގެންގޮސް ނުގޮވާގޮތަށް ހަދާފައެވެ.