ދުނިޔެ

ކެމިކަލް ގޭހުގެ ޙަމަލާތަކުގެ ފަހަތުގައިވަނީ އައިއެސް - އެމެރިކާ


އިރާގާއި ސޫރިޔާގައި މަސްޓަޑް ގޭސް ބޭނުންކޮށްގެން މިދިޔަ އަހަރު ދިން ކެމިކަލް ގޭހުގެ ޙަމަލާތަކުގެ ފަހަތުގައިވަނީ އައިއެސް ޖަމާއަތް ކަމަށް ބެލެވޭކަމަށް އެމެރިކާ ބުނެފިއެވެ.އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާން މާކް ޓޯނަރ ވިދާޅުވީ، މިހާތަނަށް ލިބިފައިވާ ހެކިތަކާއި ހަޤީގަތްތަކަށް ބަލާއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ސޫރިޔާގެ ރަށެއްކަމަށްވާ މާރިޢުއަށް މަސްޓަޑް ގޭހުގެ ޙަމަލާ ދިނީ، އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭކަމަށެވެ.އަދި ފާއިތުވި އަހަރު އިރާޤުން ދެވުނު މަސްޓަޑް ގޭހުގެ ޙަމަލާތަކުގެ ފަހަތުގައިވަނީވެސް އައިއެސް ޖަމާޢަތްކަމަށް ބެލެވޭ ހެކިތައް ފެނިފައިވާކަމަށް މާކް ޓޯނަރ ވިދާޅުވިއެވެ. އިރާޤަށް ދިން މަސްޓަޑް ގޭހުގެ ޙަމަލާތަކުގެ އަސަރު އެޤައުމުގެ ކުރުދީ ހަނގުރާމަވެރިންގެ 35 މީހަކަށް ކޮށްފައިވާއިރު، ސޫރިޔާއަށް ދިން ޙަމަލާތަކުގެ އަސަރުކޮށްފައިވަނީ އާންމުންނަށް ކަމަށް އެދުވަސްވަރުގެ ރިޕޯޓްތަކުން ހާމަވެފައިވެއެވެ.