ޚަބަރު

އިންޖީނު ހުއްޓުނު ދޯންޏަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެނީ


ކ.ކާށިދޫގެ އިރުދެކުނުން 3 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ ރޭ 10:24 ހާއިރުކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ކާމިޔާބު" ލޯންޗް އެސަރަހަށްދަށް ގޮސް އެ ދޯންޏަށް އެހީތެރިވުމުގެ މަސައްކަތް ވަނީ ފަށާފައިކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގައި އިންޖީނު ހުއްޓިފައި ވަނީ، ހަތަރު މީހުންނާއެކު ބ.ގޮއިދޫން ފުރައިގެން ކ.ކާށިދޫއަށް ދަތުރުކުރަމުންދިޔަ "އިރު އަލިމަސް" ކިޔާ މުދާ އުފުލާ ދޯންޏެކެވެ. މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.