ކަނޑުގައި ޖަހާ ތަނބެއް ޖެހުމުގެ ތެރޭގައި، ތިލަމާލެ ބްރިޖް މަސައްކަތުގައި ބޭނުންކުރަމުންދިޔަ ކެރޭނެއް ކަނޑަށް ވެއްޓިއްޖެއެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީން ވިދާޅުވީ މިއަދު މެންދުރުފަހު ހިނގި މިޙާދިސާގައި ކެރޭންގެ ބޮޑު ބައެއް ވެއްޓިފައިވަނީ ކެރޭން ބަހައްޓާފައިވާ ޕްލެޓްފޯމް ތެރެއަށްކަމަށެވެ. އަދި މިޙާދިސާގައި މީހަކަށް ގެއްލުން ނުވާކަމަށް ހައުސިންގ މިނިސްޓްރީއިން ވިދާޅުވެއެވެ.
މިނިސްްޓްރީން ވިދާޅުވީ ކެރޭނު ވެއްޓެން ދިމާވި ސަބަބު ދެނެގަތުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި ކެރޭނު ވެއްޓުނުނަމަވެސް ބްރިޖްގެ ޢަމަލީ މަސައްކަތަށް ހުއްޓުމެއް ނާންނާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.