ވިޔަފާރި

މީރާ އާއި މަޓާޓޯ ގުޅިގެން ޓެކްސް ފޯރަމެއް ބާއްވަވައިފި


ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ
ފަރާތްތަކަށް ޓެކްސްއާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މީރާއާއި މަޓާޓޯ ގުޅިވަޑައިގެން
ޓެކްސް ފޯރަމެއް ބާއްވަވައިފިއެވެ.



ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން،
އޮޅުން ފިލުވަން ބޭނުންވެފައިވާ ކަންތައްތަކުގެ މަޢުލޫމާތު މި ފޯރަމްގައި މީރާގެ
ބޭފުޅުން ދެއްވި ކަމަށް މަޓާޓޯގެ ރައީސް އަބްދުﷲ ޤިޔާސް ވިދާޅުވިއެވެ. މީރާގެ ޓްރެއިނިން ފެސިލިޓީ ސެންޓަރެއްގައި ކުރިއަށްގެންދެވި
އެއްދުވަހުގެ މި ފޯރަމް ފަދަ އިތުރު ފޯރަމްތައް ކައިރި މުސްތަޤުބަލެއްގައި ބާއްވަން ވިސްނަވާ ކަމަށް މަޓާޓޯގެ ރައީސް
ޢަބްދުﷲ ޤިޔާސް ވިދާޅުވިއެވެ.