ޚަބަރު

ފެންފުށީ ސްކޫލްގެ ހުރިހާ ކްލާސްރޫމެއް ޑިޖިޓަލްކޮށްފި


ޒަމާނީ ވަޞީލަތްތައް
ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ގޮތުން އދ. ފެންފުށީ ސްކޫލްގެ ހުރިހާ ކްލާސްރޫމެއް
ޑިޖިޓަލްކޮށްފިއެވެ.



ފެންފުށީ ސްކޫލްގެ
ޕްރިންސިޕަލް މޫސާ މުސްތާގް ވިދާޅުވީ މިމަސައްކަތަކީ ސްކޫލުގެ ބެލެނިވެރިންގެ
އިސްނެގުމާއެކު އެކުލަވާލެވުނު ކޮމެޓީގެ މެންބަރުންގެ ފަރާތުންނާއި
އެކިފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ފުރިހަމަކޮށް ނިންމާލެވުނު މަސައްކަތެއް
ކަމަށެވެ. އެގޮތުން ސްކޫލުގެ ހުރިހާ ކްލާސްރޫމްތަކެއްގައި ޒަމާނީ ވަޞީލަތްތައް ޤާއިމްކޮށް،
އިންޓަރެކްޓިވް ލާނިންނާއެކު ކިޔަވައިދޭން ފެށިފައިވާކަމަށް މުސްތާގް ވިދާޅުވިއެވެ.
އެއްއަހަރު ދުވަސް ހޭދަވި މި މަސައްކަތް ފުރިހަމަކޮށްފައިވަނީ އެސްޓިމޭޓް އުޞޫލުން
ބަޔަކާ ޙަވާލުކޮށްގެންކަމަށާއި މިމަސައްކަތަށް ބެލެނިވެރިންގެ ފަންޑުން ދިހަ
ލެޕްޓޮޕް ހަދިޔާ ކޮށްފައިވާކަންވެސް ޕްރިންސިޕަލް ވިދާޅުވިއެވެ. 

ފެންފުށީ
ސްކޫލްގައި މިހާރު އެލްކޭޖީއިން ފެށިގެން ގްރޭޑް ދިހަޔަކާ ހަމަޔަށް ކިޔަވައިދެމުން
އަންނައިރު، މިހާރު އަންނަނީ އޭލެވެލްއަށް ކިޔަވައިދިނުން ފެށުމަށްޓަކައި ވާންޖެހޭ
ތައްޔާރީތައްވަމުންނެވެ.