ޚަބަރު

ބޮޑެތި އިނާމްތަކާއެކު އެސްޓީއޯގެ އިޔަރ އެންޑް ސޭލް ފަށައިފި


ބޮޑެތި އިނާމްތަކާއެކު އެސްޓީއޯގެ އިޔަރ އެންޑް ސޭލް ފަށައިފިއެެވެ.

އަންނަމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ތެރޭގައި 80 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓު ލިބިގެންދާނެކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. މިއީ އެސްޓީއޯއިން މިއަހަރުގެތެރޭގައި ބާއްވާ އެންމެ ބޮޑު ސޭލްއެވެ. ސޭލްގެ ތެރެއިން 500ރ އިން މަތީގެ ވިޔަފާރިއެއް ކުރާ ފަރާތްތަކަށް ޕްރޮމޯޝަނެއްގައި ބައިވެރިވެވޭނެއެވެ.

ސޭލްގެ ގްރޭންޑް ޕްރައިޒްއަކީ 65 އިންޗީގެ ޓީވީ އަކާއި، ސައުންޑު ސްޕީކަރ ސިސްޓަމްއަކާއި އައިސަލަމާރިއެކެވެ. ދެވަނަ އިނާމަކަށް ހުށަހަޅާފައިވަނީ 15000ރ ގެ ގިފްޓު ވައުޗަރއެކެވެ. ތިންވަނަ އިނާމަކަށް ހުށަހަޅާފައިވަނީ 5000ރގެ ގިފްޓު ވައުޗަރއެކެވެ.

ގިފްޓު ވައުޗަރ ބޭނުންކޮށްގެން އެސްޓީއޯގެ ފިހާރަތަކުން ވިޔަފާރިކުރެވޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ.