ޚަބަރު

ސަލްމާން މިސްކިތުގެ އޭސީތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން ފަށައިފި


ސަލްމާން މިސްކިތުގެ އެއަރކޮންޑިޝަން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފަށާފައިވަނީ ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަޖެހި އޭސީ ނުޖައްސާކަމުގެ މައްސަލަތައް ފެންމަތިވިތާ ދުވަސްތަކެއް ފަހުންނެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެ މިސްކިތުގެ އޭސީތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ތުރިުކީލވިލާތުގެ ޓެކްނީޝަން ޓީމެއް ރާއްޖެއައިސް މިހާރު އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.



ކިންގް ސަލްމާން މިސްކިތް އާއްމުކޮށް ހުޅުވާލާ، ނަމާދު ކުރަން ފަށާފައިވަނީ 1 އޭޕްރިލް 2022 ގައެވެ. ނަމަވެސް މިމިސްކިތް އަދިވެސް ރަސްމީކޮށް ހުޅުވާފައެއްނުވެއެވެ.

ކިންގް ސަލްމާން މިސްކިތަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނުގެ އެހީގައި އަޅާފައިވާ މިސްކިތެކެވެ. ސަލްމާން މިސްކިތުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާގައި ޖުމްލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު, ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި، 5 ސެމިނަރ ރޫމް ހުރެއެވެ. އަދި ހަތަރުވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއްވެސް ހުރެއެވެ.