ޚަބަރު

ޑިމޮކްރަސީ ވީކްއަށް ކޮރެއާގެ އިލެކްޝަންސް ކޮމިޝަަނަރ ރާއްޖެއަށް


ޑިމޮކްރަސީ ދުވަހާއި ގުޅުވައިގެން ފާހަގަކުރައްވާ "ޑިމޮކްރަސީ ވީކް"ގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ދެކުނު ކޮރެޔާގެ އިލެކްޝަންސް ކޮމިޝަނަރ މިސްޓަރ ކިމް ޔޮންގ ހައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.  ދެކުނު ކޮރެއާގެ އިލެކްޝަންސް ކޮމިޝަނަރގެ އިތުރުން އެމަނިކުފާނަކީ އޭޝިޔާގެ އިންތިޚާބް ތަކާއި ބެހޭ އިދާރާތަކުގެ ޖަމްޢިއްޔާ، " އޭވެބް" ގެ ސެކްރެޓްރީ ޖެނެރަލްވެސްމެއެވެ. ޑިމޮކްރަސީ ދުވަސް ރަސްމީކޮށް މިއަހަރު ފާހަގަކުރައްވާނީ ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައެވެ. މިދުވަހާއި ގުޅުވައިގެން ބާއްވާ ޑިމޮކްރަސީ ވީކް މިއަދު ވަނީ ފަށާފައެވެ.     ދެކުނު ކޮރެއާގެ އިލެކްޝަން ކޮމިޝަނަރގެ މިދަތުރުފުޅުގައި އިންތިޚާބްތަކުގައި ދެޤައުމުގެ ތަޖުރިބާތައް ޙިއްސާކޮށް، މިދާއިރާއިން ކޮރެއާ ހޯދާފައިވާ ކާމިޔާބީތައް ޙިއްޞާ ކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން ގުޅިގެން އެއްބާރުލުން ދިނުމުގެ އެއްބަސްވުން ތަކެއްގައި ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.