ދުނިޔެ

އިސްރާޢީލުން ތުރުކީވިލާތުގެ 10 އެކްޓިވިސްޓުން މަރާލި މައްސަލަ


އިސްރާޢީލުގެ އުދުވާނުގެ ސަބަބުން ޙާލުގައި ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރި ތުރުކީވިލާތުގެ 10 އެކްޓިވިސްޓުން މަރާލި މައްސަލާގައި އިސްރާޢީލުން ތުރުކީވިލާތަށް ދޭންޖެހޭ ބަދަލާމެދު އެއްބަސްވުމަކާއި ހަމައަށް އައުން ގާތްވެއްޖެކަން ތުރުކީވިލާތުން ހާމަކޮށްފިއެވެ.އިސްރާއީލު ސިފައިން ބަޑިޖަހައި މަރާލި ތުރުކީވިލާތުގެ 10 މީހުންގެ އާއިލާތަކަށް މަރުގެ ދިޔަ ދިނުމަށް އިސްރާއީލު އެއްބަސްވެފައިވާ ކަމަށް ތުރުކީވިލާތުގައި ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ ގެ މަސްއޫލުވެރިއަކު ވިދާޅުވެއެވެ. އިސްރާޢީލުން މިޖަރީމާ ހިންގާފައިވަނީ 2010 ވަނަ އަހަރު، ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސް ހިފައިގެން ދަތުރުކުރި ތުރުކީވިލާތުގެ އާގުބޯޓެއް ކަމަށްވާ މަރްމަރާއަށް ގަދަބާރުން އަރައި އެމީހުންގެ ގަޔަށް ބަޑިޖަހައިގެންނެވެ.މިޖަރީމާއާ ގުޅިގެން ތުރުކީވިލާތުން ވަނީ އިސްރާއީލާއެކު ބާއްވަމުން ގެންދިޔަ އިޤްތިސާދީ އަދި އަސްކަރީ ގުޅުންތައް ކަނޑާލައި، މިޖަރީމާއަށް މަޢާފަށް އެދުމަށާއި އަދި މަރުވި މީހުންގެ އާއިލާތަކަށް ބަދަލު ދިނުމަށް އިސްރާއީލަށް ޝަރުތުކޮށްފައެވެ.