ޚަބަރު

"ޓައިގާ 3" އަށް ފަހު އަނެއްކާވެސް ރިދީ އަށް ބޮޑު ފިލްމެއް


އަންނަ އަހަރު ރިލީޒްކުރަން ތާވަލުކޮށްފައިވާ "ޓައިގާ 3" ގެ ބޮޑު ރޯލަކުން ޓީވީ ތަރި ރިދީ ޑޮގްރާ ފެންނާނެ ކަމަށް އިޢުލާނުކުރީ މިމަހުގެ ކުރީކޮޅުގައެވެ.

އޭގެފަހުން އަނެއްކާވެސް ޝާހުރުކްޚާންގެ "ޖަވާން" އިންވެސް ރިދީ ފެންނާނެ ކަމަށް މީޑިއާތަކުން މިވަނީ ރިޕޯޓުކޮށްފައެވެ.

މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި "ޖަވާން" ގައި ރިދީ ކުޅޭ ބައި މިހާރު ވަނީ ޝޫޓްކޮށްވެސް ނިންމާފައެވެ. އަދި މި ފިލްމުގައިވެސް ރިދީ ކުޅޭނީ ވަރުގަދަ ރޯލެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަންނަ އަހަރު ޖޫން 2 އަށް ތާވަލުކޮށްފައި އޮތް "ޖަވާން" އަކީ ތަމަޅަ ޑައިރެކްޓަރު އެޓްލީގެ ފިލްމެކެވެ. މީގެ ކާސްޓްގައި ދެކުނު އިންޑިއާގެ ތަރިން ކަމަށްވާ ނަޔަންތަރާއި، ވިޖޭ ސެތުޕަތީގެ އިތުރުން ސާނިއާ މަލްއުތުރާ އާއި ސުނިލް ގްރޯވާ ވެސް ހިމެނެއެވެ.

ރިދީއަކީ ބައެއް ހިންދީ ފިލްމުތަކުންނާއި ރިއަލިޓީ ޝޯވ "ބިގް ބޮސް" 15 ގެ އިން ފެނުނު ތަރި ރާގޭޝް ބަޕަޓްގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުންގެ 2011 ގެ ކައިވެނީ ރޫޅާލީ 2019 ގައެވެ. އޭގެ ފަހުން ރާގޭޝް ރައްޓެހިވެގެން އުޅުނީ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީތާ ޝެޓީއާ އެވެ.

ރާގޭޝް އާއި ރިދީ އެކީގައި ސިލްސިލާއެއް ވެސް ކުޅުނެވެ. އެއީ ސްޓަރ ޕްލަސް އިން 2010 އިން 2012 އަށް ގެނެސްދިން "މަރިއާދާ: ލޭކިން ކަބް ތަކް" އެވެ.