ދުނިޔެ

ސޫރިޔާގެ ހޮސްޕިޓަލްތަކާއި 2 ސްކޫލަކަށް ދިން ޙަމަލާ ކުށްވެރިކޮށްފި


ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ބައެއް ސަރަޙައްދުތަކުގެ ހޮސްޕިޓަލްތަކަށާއި 2 ސްކޫލަކަށް ދިން ޙަމަލާތައް، ވިލާތުގެ އިއްތިޙާދާއި އދ. އަދި ބައެއް ޤައުމުތަކުން ކުށްވެރިކޮށްފިއެވެ.ވައިގެ މަގުން ދިން ކަމަށް ބެލެވޭ މި ޙަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ "މެޑިސިންސް ސަންސް ފްރޮންޓިއާސް" ނުވަތަ ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ހިންގާ ހޮސްޕިޓަލަކާއިއެކު ސިއްޙީ 5 މަރުކަޒަކާއި 2 ސްކޫލެއް ހިމެނެއެވެ.