ޚަބަރު

"މިސްޓާ އެންޑް މިސިޒް މާހީ" އަށް ތަޔާރުވާން އުޅެގެން ޖާންވީގެ ކޮނޑުހުޅު ދެފަހަރަށް ނެއްޓުނު


ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން ޖާންވީ ކަޕޫރު ފެންނަ ފިލްމު "މިސްޓާ އެންޑް މިސިޒް މާހީ" އަކީ ސްޕޯޓްސް ޑްރާމާއެކެވެ.

ރާޖް ކުމާރު ރާއޯއާއެކު ޖާންވީ ފެންނަ މި ފިލްމަށް ތައްޔާރުވުމުގެ މަސައްކަތް ދެ ތަރިންވެސް އަންނަނީ ކުރަމުންނެވެ.

އެގޮތުން ރޯލަށް ރަނގަޅަށް ފިޓުވާން ވެގެން ޖާންވީ އަންނަނީ ކްރިކެޓް ޕްރެކްޓިސް ކުރަމުންނެވެ. މިކަމާއި ބެހޭގޮތުން ދާދިފަހުން ޖާންވީ ބުނެފައިވާގޮތުގައި ކްރިކެޓް ކުޅެން އުޅުމުގެ ތެރޭގައި އެނާގެ ކޮނޑުހުޅު ވަނީ ދެ ފަހަރަށް ނައްޓައިގެން ގޮސްފައެވެ. އަދި މިއީވެސް ރަނގަޅު ތަޖުރިބާއެއް ކަމަށް ޖާންވީ ބުންޏެވެ.

"މިސްޓާ އެންޑް މިސިޒް މާހީ" އަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމެކެވެ. ޖާންވީ ފުރަތަމަ ބޮލީވުޑަށް ނެރެދިނީވެސް ކަރަންއެވެ. ޖާންވީގެ ފުރަތަމަ ފިލްމަކީ "ދަޅަކް" އެވެ. "މިސްޓާ އެންޑް މިސިޒް މާހީ" ގެ ޑައިރެކްޓަރަކީ ޖާންވީގެ "ގުންޖަން ސަކްސޭނާ" ގެ ޑައިރެކްޓަރު ސަރަން ޝަރުމާއެވެ.

މި ފިލްމުގެ އިތުރުން ނިތޭޝް ތިވާރީގެ "ބަވާލް" އަކީވެސް ޖާންވީގެ ކުރިއަށް އޮތް ފިލްމެކެވެ.