ޚަބަރު

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާރެއަށް ފަސްކޮށްފި


މިރޭ ބާއްވަން ހަމަޖައްސާފައި އޮތް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާރެއަށް ފަސްކޮށްފިއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާރެއަށް ފަސްކޮށްފައިވަނީ ރޭ ދަންވަރު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ ރޭ ދަންވަރު މާލޭގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، މިރޭ ބާއްވަވާ ގޮތަށް އޮތް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާރެއަށް ފަސްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވަާފައިވާކަމަށެވެ. އެހެންކަމުން މި ޖަލްސާއަށް ދަޢުވަތު އެރުވިފައިވާ ބޭފުޅުން، ދައުވަތު އެރުވިފައިވާ ގަޑިއަށް މާދަމާރޭ ޖަލްސާއަށް ވަޑައިގަތުމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މި އަހަރު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ކީރިތި ޤުރްއާން ހިތުދަސްކޮށްގެން 1 ވަނަ ދަރަޖާގައި ފާސްވި 13 ޙާފިޒުންނަށާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވައިފައިވާ 9 ބޭފުޅަކަށާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 41 ބޭފުޅުނަށް އިނާމްދޭނެއެވެ.