ޚަބަރު

މާއުނގޫދޫގައި ތޫނު އެއްޗަކުން ހަމަލާދީ ދެމީހަކު ޒަޚަމްކޮށްލައިފި


ށ.މާއުނގޫދޫގައި ތޫނު އެއްޗަކުން ހަމަލާދީ ދެމީހަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ ށ.މާއުނގޫދޫގައި ތޫނު އެއްޗަކުން ދެމީހަކަށް ހަމަލާ ދީފައިވާކަމަށް ރޭ 12:40 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

މިމަރާމާރީގައި އަނިޔާވި 25 އަހަރުގެ މީހާއާއި 31 އަހަރުގެ މީހާއަށް މައުނގޫދޫ ސިއްޚީ މަރުކަޒުގައި ފަރުވާދީފައިވެއެވެ. މީގެ ތެރެއިން 31 އަހަރުގެ މީހާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްިޓަލަށް ގެންގޮސްފައެވެ.

މިމައްސަައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންދާކަމަށްވެސް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ.