ޚަބަރު

ގިނަ މައްސަލަތައް ސާބިތުނުވެ ދިގުލައިގެން ދަނީ ހެކިބަސް ނުލިބިގެން: ޝަމީމް


ހެކިންގެ ހެކިބަސް ނުލިބުމާ، މައްސަލަ ނުނިމި ގިނަ ދުވަސްވެގެންދަނީ ހެކިބަސް ލިބުމުގައި ހުރި ގޮންޖެހުންތުގެ ސަބަބުންކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ. މައްސަލަތައް ނިންމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އަމިއްލަ ބްލޮގުގައި ލިޔުއްވާފައިވާ ލިޔުއްވުމުގައި ވަނީ މިދިޔަ މަހު ކޯޓްތަކަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސް ހިސާބުތަކާއި، މައްސަލަތައް ސާބިތުކުރުމުގައި ދިމާވި މައްސަލަތަކަށް އަލި އަޅުވާލާފާއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ކުރެވޭ މިންވަރާއި، ހާސިލުކުރެވޭ މިންވަރު މިހާރު ކޮންމެ މަހަކުވެސް އެއޮފީހުން ދަނީ ހާމަކުރައްވަމުންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ، މިދިޔަ މަހު އެއޮފީހުން 167 މައްސަލައެއްގައި، 225 މީހަކަށް ދައުވާކުރަން ކޯޓަށް ހުށައެޅިކަމަށެވެ.. އޮކްޓޯބަރު މަހު އެންމެ ގިނައިން ހުށަހެޅިފައިވާ މައްސަލަތަކަކީ، މަސްތުވާތަކެއްޗާގުޅޭ އެކިއެކި ދައުވާތަކާއި، ޓެރަރިޒަމާ ގުޅޭ ދައުވާތަކާއި، އެންޓި ޓޯޗަރގެ ޢަމަލުތަކާ ގުޅުންހުރި ދައުވާއާއި ފުލުހުން ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ދައުވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.


މިދިޔަ މަހު ސާބިތުވި މައްސަލަތައް ނިންމަން އެވްރެޖްކޮށް 553 ދުވަސް ނެގިކަމަށާއި، ސާބިތު ނުވާކަމަށް ނިންމި މައްސަލަތައް ނިންމުމަށް 870 ދުވަސް ނެގިކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވަނީ މައްސަލަތައް ސާބިތުނުވި މައްސަލަތަކުގެ ދައުވާ ކޯޓަށް ހުށަހެޅިފައިވަނީ 2009، 2012، 2018 އަދި 2019 ގެ އެއް މައްސަލައާއި، 2020 ގެ ދެ މައްސަލައާއި 2021 ގެ އެއް މައްސަލަކަމަށެވެ. މިހުރިހާ މައްސަލައެއްވެސް ސާބިތުނުވެފައި އޮތީ ހެކިންގެ ހެކިބަސް ނުލިބިގެންކަމަށް ޝަމީމް ވިދާޅުވިއެވެ.

އެންމެ ގިނައިން ކޯޓުގައި ދައުވާކޮށް ސާބިތުނުވަނީ މަސްތުވާތަކެތީގެ މައްސަލަތައްކަމަށް ޕީޖީން ވިދާޅުވެފައިވާއިރު، އެ މައްސަލައަށް ހައްލު ގެނައުމަށް ފުލުހުންނާއި ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ މަސައްކަތްކުރަމުންނެވެ.