ޚަބަރު

މިއަދު ބޭއްވި ދެ ބައި-އިލެކްޝަންވެސް ޕީޕީއެމް އަށް


މިއަދު ބޭއްވި ދެ ދާއިރާއެއްގެ ބައި-އިލެކްޝަން އިދިކޮޅު ޕީޕީއެމް އިން ކާމިޔާބުކޮށްފިއެވެ.

މިއަދު ބާއްވާފައިވަނީ ނ. މަގޫދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި- އިލެކްޝަނާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަނެވެ.

މި ދެ ބައި އިލެކްޝަންގެ ތެރެއިން މަގޫދޫ ކައުންސިލްގެ އަންހެނުންގެ ކޮމެޓީގެ ގޮޑި ޕީޕީއެމްގެ ކެނޑިޑޭޓް ފަރީދާ އަދުނާން ކާމިޔާބް ކޮށްފައިވަނީ 124 ވޯޓުންނެވެ. އޭނާއާއި ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓް އާމިނަތު ޔުމްނާ އަބްދުލްޣަނީއަށް ލިބިފައިވަނީ 115 ވޯޓެވެ.

ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮޑިއަށްވެސް ވާދަކުރީ އިދިކޮޅު ޕީޕީއެމްއާއި، އެމްޑީޕީގެ ކެނޑިޑޭޓެކެވެ. މިއިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް ސަފިއްޔާއަށް ލިބުނީ 197 ވޯޓެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް ހުވައިލަތު ރަހީމާއަށް ލިބިފައި ވަނީ 192 ވޯޓެވެ.

މި އިންތިޚާބުތަކުގެ ވަގުތީ ނަތީޖާތައް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައިވާއިރު، ދާއިމީ ނަތީޖާ މިހަފްތާގައި އިއުލާން ކުރާނެކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.