ޚަބަރު

ލަވަކިޔުންތެރިޔާ ހިމޭޝްގެ އައު ފިލްމެއް އިޢުލާނުކޮށްފި


އިންޑިއާގެ މަޝްހޫރު މިޔުޒީޝަން ހިމޭޝް ރޭޝްމިއްޔާގެ އައު ފިލްމެއް އިޢުލާނުކޮށްފިއެވެ.

ސޮނީ ޓީވީގެ "އިންޑިއަން އައިޑަލް" ގެ ޖަޖެއްގެ ގޮތުގައިވެސް މަސައްކަތްކުރަމުން އަންނަ މިއުޒިޝަން ހިމޭޝްގެ މިފަހަރުގެ ފިލްމަކީ ކުރިން 2014 ވަނަ އަހަރު ގެނެސްދިން އޭނާގެ ކާމިޔާބު ފިލްމު "ދި އެކްސްޕޯސް" ގެ ސްޕިން އޮފެކެވެ.

މި ސްޕިން އޮފްގެ ނަމަކީ "ބަޅާސް ރަވީ ކުމާރު" އެވެ. މިއީ އޭނާ ކުރިން ކުޅުނު ރަވީ ކުމާރާއި ގުޅުވައިގެން ގެނައި ނަމެކެވެ.

މިހާރު ޓީޒާވެސް ދައްކާލާފައިވާ މި ފިލްމުގެ ލަވަތަކުގެ ތެރެއިން "ބަޓަފްލައި ޓިޓްލިޔާން" އާއި ޑައިރެކްޓަރުގެ ނަމާއި ފިލްމާ ބެހޭ އިތުރު މައުލޫމާތު ވެސް ވަރަށް އަވަހަށް ހާމަކުރާނެއެވެ. މި ފިލްމުން ހިމޭޝް ފެންނައިރު، މީގެ ވާހަކަވެސް ލިޔެފައި ވަނީ ހިމޭޝްއެވެ.


ބޮލީވުޑްގެ އެތައް ފިލްމަކަށް މިއުޒިކް ތައްޔާރުކޮށްފައިވާ ހިމޭޝް އެކްޓިން އަށް ނުކުތީ 2007 ގެ "އާޕް ކާ ސުރޫރް" އެވެ.

ހިމޭޝް ކުޅުނު ފިލްމުތަކުގެ ތެރޭގައި 2008 ވަނަ އަހަރު ދެއްކި "ކަރުޒް" އާއި 2010 ވަނަ އަހަރު ރިލީޒްކުރި "ކަޖުރޭ ރޭ" އަދި 2016 ވަނަ އަހަރު ސިނަމާތަކަށް ގެނައި "ތެރޭ ސުރޫރް" ހިމެނެއެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2020 ވަނަ އަހަރު ދެއްކި "ހެޕީ، ހާޑީ އެންޑް ހީރް" އެވެ.