ދުނިޔޭގެ ވިޔަފާރި

ޓޮޔޯޓާގެ އުފެއްދުންތައް މަދުކުރަން ނިންމައިފި


ޗިޕް ލިބުން ދަތިވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު ކާރު އުފައްދާ ކުންފުނި، ޖަޕާނުގެ ޓޮޔޯޓާ މޮޓޯ ކޯޕަރޭޝަންގެ އުފެއްދުންތައް މަދުކުރަން ނިންމައިފިއެވެ.

އޭޕްރީލް މަހު ފެށި މާލީ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އުފައްދަން އަމާޒު ހިފާފައިވާ މިންވަރަށްވުރެ އުފެއްދުންތައް ދަށްވުމުން، މުޅި އަހަރު 9.7 މިލިއަން ވެހިކަލް އުފައްދަން ހިފާފައިވާ އަމާޒަށް ވާސިލުވާނެ ކަމާއިމެދު ޝައްކު އުފެދޭ ކަމަށް ޓޮޔޯޓާއިން ބުނެއެވެ.

އޮގަސްޓް މަހު އުފެއްދުންތައް ރަނގަޅުވި ނަމަވެސް އޮކްޓޯބަރު މަހު އުފެއްދޭނީ 750000 ޔުނިޓް ކަމަށާއި ނޮވެމްބަރު މަހު އުފެއްދޭނީ 800000 ޔުނިޓް ކަމަށް ޓޮޔޯޓާއިން ވަނީ ލަފާކޮށްފައެވެ.

ޓޮޔޯޓާގެ އުފެއްދުންތައް މަދުކުރަން ނިންމާފައި ވަނީ ކިހާ މިންވަރަކަށް އަދި ހާމަ ކޮށްފައެއްނުވެއެވެ.

އުފެއްދުންތައް މަދުކުރާނެ ކަމަށް ހުކުރު ދުވަހު އިއުލާން ކޮށްފައިވާއިރު، ޗިޕް ލިބުމުގެ ދަތިކަން ލުއިވެ، މާލީ އަހަރުގެ ފަހު ހަ މަސް ދުވަހު އުފެއްދުންތައް އިތުރުވާނެކަމަށް ކުންފުނިން މީގެކުރިން ވަނީ ބުނެފައެވެ.

ކޯވިޑުގެ ބަލިމަޑުކަމާއި ޗިޕް ލިބުން ދަތިވުމުގެ ސަބަބުން އާންމުގޮތެއްގައި ޓޮޔޯޓޯގެ އުފެއްދުންތައް މަދުވި ނަމަވެސް، އިންފްލޭޝަން މައްޗަށް ދިއުމާއި، އިންޓަރެސްޓް ރޭޓް މަތިވުމާއި، ބޮޑެތި މާކެޓްތަކުގައި އިގްތިސާދީ ރިސެޝަންގެ ނުރައްކާތައް ބޮޑުވުމުންވެސް އުފެއްދުންތަކަށް އޮތް ޑިމާންޑް ވަނީ ދަށްވެފައެވެ.

ޓޮޔޯޓާ އިން ހުކުރު ދުވަހު ބުނީ އަންނަ މަހު ޑޮމެސްޓިކްއަށް ފެކްޓްރީއެއްގައި 11 ޕްރޮޑަކްޝަން ލައިން ދެ ދުވަހާއި ނުވަ ދުވަހާ ދެމެދުގެ މުއްދަތަކަށް މެދުކަނޑާލާނެ ކަމަށާއި އެކަމުގެ ސަބަބުން ގިނަ އުޅަނދުތަކުގެ އުފެއްދުމަށް އަސަރުކުރާނެއެވެ. މިދިޔަ މާލީ އަހަރުވެސް އުފެއްދުންތައް މަދުވާނެ ކަމަށް ޓޮޔޯޓޯއިން ވަނީ ތިން ފަހަރު އިއުލާނުކޮށްފައެވެ.

2021 ވަނަ އަހަރުގެ މެއި މަހު 9.3 މިލިއަން ވެހިކަލް އުފެއްދުމުގެ އަމާޒު ވަނީ ފެބްރުއަރީ މަހު 8.5 މިލިއަނަށް ދަށްކޮށްފައެވެ. މިދިޔަ އަހަރުގެ މާޗް މަހު ނިމުނު މާލީ އަހަރުގެ ނިޔަލަށް ގާތްގަނޑަކަށް 8.6 މިލިއަން ވެހިކަލް ޓޮޔޯޓޯ އިން ވަނީ އުފެއްދުމެވެ.