ޚަބަރު

އަންހެނެއްގެ އަތުން ވިހިހާސް ރުފިޔާ ފޭރިގެންފި


ވިހި ހާހަށްވުރެ ގިނަ ރުފިޔާއާ އެކު އަންހެނެއްގެ އަތް ދަބަސް ފޭރިގަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. |ފުލުހުން ވިދާޅުވީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 41  އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މި ހިނގާ ފެބްރުއަރީ 11 ވަނަ ދުވަހުގެ ރޭ 0025 ހާއިރު، މަޖީދިއްޔާ ސްކޫލު ކައިރިން މީހެއްގެ އަތުން ބައެއް ތަކެތި ފޭރިގަނެ، އެއްކޮޅަށް ދުއްވާ މަގެއްގައި ޤަވާޢިދާ ޚިލާފަށް ދުއްވާފައި ދަނިކޮށް މާލޭގައި ޓްރެފިކް ބަލަހައްޓަންތިބި ފުލުހުންނަށް ފެނިގެންކަމަށް ފުލުހުން ވިދާޅުވެއެވެ.ފުލުހުން އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު އޭނާ ފޭރިގަތް ދަބަސް އެސަރަހައްދަށް އެއްލާލާފައި އޮއްވައި ފެނިފައިވާކަމަށާއި، އެ ދަބަހުގައި ވިހި ހާހަށްވުރެ ގިނަ ދިވެހި ރުފިޔާ ހުރިކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާ ދުއްވަން އިން ސައިކަލުގައި މަޑި ދަށުން ޕަވަރ ބޭންކަކާއި ފޯނެއްގެ ކަވަރަކާއި 256 އެމް.ބީގެ ރޭމް އަކާއި ކެޕެސިޓަރެއްގެ އިތުރުން އެޑެޕްޓަރަކާއި އައިފޯނު ފައިވް އެސް އަދި ސިކްސް އެސް އެއް ފެނިފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.