ޚަބަރު

މަގުމަތިން ހޮވައިގެން ފުލުހުންނާއި ހަވާލުކުރި 10،000 ރުފިޔާގެ ވެރިފަރާތް ހޯދަނީ


އާންމު ފަރާތަކުން ހޮވައިގެން ފުލުހުންނާއި ހަވާލުކުރި 10،000 ރުފިޔާގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ 12:04 އެހާކަންހާއިރު ބޮޑުތަކުރުފާނު މަގު، 1 ނަމްބަރު ފާލަން ހިމެނޭ ސަރަހައްދުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ހުދުކުލައިގެ ސިޓީއުރައެއްގައި ހުރި 10،000 އަށްވުރެ ގިނަ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށުގައި އެބަހުރިކަމަށެވެ.

މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށް މިހާތަނަށް ފުލުހުންކުރި މަސައްކަތުން ވެރިފަރާތް ހޯދިފައެއް ނުވާކަމަށެވެ. މި ފައިސާތަކުގެ ވެރިފަރާތުން، ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާތަކާ ހަވާލުވުމަށާ އަދި އިތުރު މައުލޫމާތު ބޭނުންފުޅުނަމަ 9631696 އަށް ގުޅުއްވުމަށް ވަނީ ދަންނަވާފައެވެ.