ޚަބަރު

ހުޅުމާލެ "ސްމަރޓް ސިޓީ"ގެ ތަޖުރިބާ ސްކޫލް ދަރިވަރުންނަށް


ހުޅުމާލޭގެ "ސްމަރޓް ސިޓީ" ފީޗަރތައް ސްކޫލް ދަރިވަރުންނަށް ދައްކާލުމަށް، ސްޓަޑީ ޓުއަރއެއް ބާއްވައިފިއެވެ.

މި ޓުއަރއަކީ ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމަރޓް ސިޓީއަށް ހެދުމު ޢަމަލީ މަސައްކަތް އެޗްޑީސީން ފެށިތާ އެއް އަހަރު ފުރުން ފާޙަގަކުރުމަށް ބޭއްވި ހަރަކާތެކެވެ.

އެޗް.ޑީ.ސީގެ ސްމަރޓް ސިޓީ ބްރޭންޑް "ސްމަރޓްކޮމް"އިން މި ތަޖުރިބާ ދަތުރު ކުރިއަށްގެންދިޔައީ ސާނަވީ މަރުހަލާގައި ކޮމްޕިއުޓަރ ސައިންސް މާއްދާ ކިޔަވާ ދަރިވަރުން އަމާޒުކޮށެވެ. މި ހަރަކާތުގެތެރެއިން ވަނީ ހުޅުމާލޭ ޓެކްނޮލޮޖީގެ ގޮތުން ޒަމާނީ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތައް ދައްކާލާފައެވެ.

އެގޮތުން ބައިވެރިވި ދަރިވަރުންނަށް ޕްރެސެންޓޭޝަންއެއް ދިނުމާ، ހުލުމާލޭ ސެންޓްރަލް ޕާކުގައި ޤާއިމުކޮށްފަވާ ސްމަރޓް ބެންޗް އަދި ޕޯލް ދައްކާލުމާއި، ޓެލެކޮމް ޓަވަރުތައް ބަލާލުމުގެ ފުރުޞަތާއެކު އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކްގެ މަޢުލޫމާތު ވަނީ ފޯރުކޯށްދީފައެވެ.

މި ޓުއަރގައި ރެހެންދި ސްކޫލް، ހުރަވީ ސްކޫލް، ޣާޒީ ސްކޫލް އަދި ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް ހިމެނޭހެން 20 ދަރިވަރުން ބައިވެރިވިއެވެ.

އެޗް.ޑީ.ސީން ވިދާޅުވި، މިފަދަ ޓުއަރއެއްގެ އެންމެ ބޮޑު ބޭނުމަކީ ސްމަރޓްކޮމް ބްރޭންޑް އަދި ސްމަރޓް ސިޓީ ޕްރޮޑަކްޓްރައް ދަރިވަރުންނަށް ތަޢާރަފްކޮށް ތަޖުރިބާ ކުރުމުގެ ފުރުޞަތު ދީ، ދަރިވަރުން ކޮމްޕިއުޓަރ ސައިންސާ އިންފޮމޭޝަން ޓެކްނޮލިޖީއާ ގުޅުންހުރި މަސައްކަތްތަކަށް ޝައުގު އުފެއްދުންކަމަށެވެ. އަދި މި ދާއިރާއަށް އިތުރު ދިވެހިން ނެރުންކަމަށެވެ.