ދުނިޔެ

އިންޑޮނީޝިޔާއަށް 6.5 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ


އިންޑޮނީޝިޔާގެ ޖަޒީރާ ރަށެއްކަމަށްވާ ޕުލާއު ސުމްބާ އަށް 6.5 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެއެވެ. އެމެރިކާގެ ޔޫއެސްޖީއެސްއިން ބުނާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ބިމުގެ 30 ކިލޯމީޓަރު އަޑިން ކަމަށާއި މި ބިންހެލުމުގެ ސަބަބުން ލިބޭނެކަމަށް ލަފާކުރެވިފައިވާ ގެއްލުން ކުޑަވާނޭ ކަމަށެވެ.މި ހާދިސާގައި މީހަކު މަަރުވެފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާކަމަށް އެޤައުމުގެ ސަލާމަތީ ހިދުމަތްތައް ފޯރުކޮށްދޭ ޖަމާއަތްތަކާއި ހަވާލާދީ ސްޓްރެއިޓްސް ޓައިމްސް ނޫހުގައި ބުނެފައިވެއެވެ.މީގެ ދެ ގަޑި އިރު ކުރިން އައި މި ބިންހެލުމާއި ގުޅިގެން ސުނާމީ އިންޒާރު ދީފައެއް ނުވެއެވެ.