ޚަބަރު

އިންޑޮނޭޝިއާގެ ޓްރޭޑް ސާޕްލަސް ދަށްވާނެކަމަށް ލަފާކޮށްފި


އެކްސްޕޯޓުކުރި މިންވަރު ދަށްވެ، އިންޑޮނޭޝިއާގެ ޓްރޭޑް ސާޕްލަސް އޮގަސްޓް މަހާއި އަޅާބަލާއިރު ސެޕްޓެމްބަރު މަހު ދަށްވާނެ ކަމަށް ރޮއިޓާސްގެ ޕޯލްއަކުން ދައްކައިފިއެވެ.

ސެޕްޓެމްބަރު މަހުގެ ޓްރޭޑް ސާޕްލަސް 4.84 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއީ އޭގެ ކުރީ މަހު ލިބުނު 5.76 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަދު އަދަދެއް ކަމަށް 12 އިޤްތިޞާދީ މާހިރުންގެ މީޑިއަން ފޯކަސް އިން ދައްކައެވެ.

އެކްސްޕޯޓް ކުރިއެރުން އަހަރަކު %27.91 އަށް އަރާފައިވާއިރު، މިއީ އޮގަސްޓް މަހު ހުރި %30.15 އަށް ވުރެ މަދު އަދަދެކެވެ.

އިންޑޮނޭޝިއާ އަކީ ކޯލް، ޕާމް އޮއިލް އާއި ނިކަލް އާއި ޓިން ފަދަ ތަކެތި ގިނައިން އެކްސްޕޯޓްކުރާ ޤައުމެކެވެ. އެތެރޭގެ އިޤްތިޞާދު ރަނގަޅުވަމުންދާތީ އިމްޕޯޓް އުފުލިގެންދާ ދަނޑިވަޅެއްގައި މުދަލުގެ އަގުތައް މޮޑެރޭޓް ކުރުމުން 2022 ވަނަ އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އިންޑޮނޭޝިއާގެ ޓްރޭޑް ސާޕްލަސް ދަށްވެދާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެއެވެ.

"ކޯލްގެ އަގަށް ބަދަލެއް ނައި ނަމަވެސް ކްރޫޑް ޕާމް އޮއިލް، ސީޕީއޯ ގެ އަގުތަކަށް އިސްލާހު އައިސްފައިވާތަން އަޅުގަނޑުމެންނަށް ފެނުނު" ސެޕްޓެމްބަރު މަހު 4.4 ބިލިއަން އެމެރިކާ ޑޮލަރުގެ ސާޕްލަސްއެއް ލިބޭނެ ކަމަށް ލަފާކުރި ބޭންކް ޑަނަމޮންގެ އިގްތިސާދީ މާހިރު އިރްމާން ފާއިޒް ވިދާޅުވިއެވެ.

ތަކެތީގެ އަގު އުފުލުނު ނަމަވެސް ވަސީލަތްތަކުން މުއްސަނދި އިންޑޮނޭޝިއާގެ އެކްސްޕޯޓު ކުރާ މިންވަރު އައީ އިތުރުވަމުންނެވެ. މިއާއެކު ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ހީނަރުވެފައިވާ އިޤްތިޞާދަށް ވަނީ ކުރިއެރުން ލިބިފައެވެ.