ޚަބަރު

ޓޭލާގެ އައު އަލްބަމުގައި ހިމެނޭ ލަވަތަކުގެ ނަންތައް މިއޮތީ


މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އިއުލާނުކުރި އޭނާގެ އާ އަލްބަމް، "މިޑްނައިޓްސް" ގެ ޓްރެކް ލިސްޓް އާންމުކޮށްފިއެވެ. ޓޭލާ އޭނާގެ އައު އަލްބަމް އިޢުލާންކޮށްފައިވަނީ މިދިޔަމަހު ބޭއްވި އެމް.ޓީ.ވީ ވީޑިއޯ މިއުޒިކް އެވޯޑްސް ގައި "ވީޑިއޯ އޮފް ދަ އިޔާ"ގެ އެވޯޑާއި ހަވާލުވާން ސްޓޭޖަށް އަރާއެވެ.

މި މަހުގެ 21 ގައި ނެރެން ހަމަޖެހިފައިވާ އެމެރިކާގެ ޓޭލާގެ އައު އަލްބަމް "މިޑްނައިޓްސް" ގެ ޓްރެކް ލިސްޓުގައި 13 ލަވަ ހިމެނެއެވެ. އެ ލަވަތަކަކީ "ލެވެންޑޭ ހޭޒް"، "މެރޫން"، "އެންޓި-ހީރޯ "ސްނޯ އޮން ދަ ބީޗް"، "ޔޫ އާ ޔޯ އިން ކިޑް"، "މިޑްނައިޓް ރެއިން"، "ކްއިސްޝަން"، "ވިޖިލަންޓް ޝިޓް"، "ބިޖިވިލްޑް"، "ލެބިރީންތު"، "ކަރްމާ"، "ސްވީޓް ނަތިން" އަދި "މާސްޓަމައިންޑް" އެވެ.

"މިޑްނައިޓްސް" ގައި ހިމެނޭ ލަވަތަކުގައި ވަނީ އޭނާގެ ހަޔާތުން "ނިދި ނަގާލި 13 ރެއެއްގެ ވާހަކަ" ކަމަށް ޓޭލާ ބުނެއެވެ.

ޓޭލާގެ ކުރީގެ އަލްބަމްތައް އޭނާގެ އަމިއްލަ ނަމަކަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު ޓޭލާ ވަނީ ކުރީގެ އަލްބަމްތަކުގެ ތެރެއިން 2012 ވަނަ އަހަރުގެ "ރެޑް" އަދި 2008 ވަނަ އަހަރުގެ "ފިއަލެސް" އަލުން ރެކޯޑުކޮށް ރިލީޒްކޮށްފައެވެ.

އެންމެ ފަހުން ނެރުނު ޓޭލާގެ ރަސްމީ އައު އަލްބަމަކީ 2020 ގެ "އެވަމޯ" އެވެ. ހަމަ އެ އަހަރު "ފޯކްލޯ" ގެ ނަމުގައި ވެސް ޓޭލާ ވަނީ އަލްބަމެއް ނެރެފައެވެ.