ތަޢުލީމު

ހިތަދޫ ސްކޫލުގައި 6 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ


އައްޑޫސިޓީ ހިތަދޫ ސްކޫލްގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 6 ކުލާސްރޫމްގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ.އެޑިއުކޭޝަން މިނިސްޓްރީން މިއަދު މި މަސައްކަތް ހަވާލުކުރީ އެމްއެސްބީ ކޮންސްޓްރަކްޝަނާއެވެ.ދިވެހި ސަރުކާރާއި ވޯލްޑު ބޭންކު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުއެއްގެ ދަށުން ސ ހިތަދޫ ސްކޫލްގެ 6 ކްލާސްރޫމްގެ ދެ ބުރި އިމާރާތެއް އެޅުމަށް ހަމަޖެހިހިފައިވެއެވެ. މިއީ 4 މިލިޔަން ރުފިޔާގެ އެއްބަސް ވުމެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ކުރީކޮޅު އިމާރާތުގެ މަސައްކަތް އެއްކޮށް ނިމި، އަންނަ އަހަރު އިމާރާތުގެ ބޭނުން ކުރަން ފެށޭ ވަރު ވާނެ ކަމަށް އެޑިޔުކޭޝަނުން މަޢުލޫމާތު ދެއްވައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި  އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް ޢަލީ އަދި އެމްއެސްބީ ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ ނަސީރެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ މިހާރު ވެސް ވޯލްޑްބޭންކުގެ 12 ޕްރޮޖެކްޓުގެ ތެރެއިން 4 ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި އިތުރު 5 ޕްރޮޖެކްޓެއް އިޢުލާނު ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި 2 ޕްރޮޖެކްޓެއްގައި ސޮއި ކުރެވިގެންދާނެ ކަމަށްވެސް އެޑިއުކޭޝަނުން ހާމަކުރައްވައެވެ.