ކުޅިވަރު

ޕްލަޒެން އަތުން ބަޔާނަށް ފަސޭހަ މޮޅެއް


ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސީގައި ވިކްޓޯރިއާ ޕްލަޒެންއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ބަޔާން މިޔުނިކުން ކާމިޔާބުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އެ ޓީމުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ހަތްވަނަ މިނެޓްގައި ބަޔާނަށް ކާމިޔާބުކޮށްދިނީ ލިރޯއީ ސާނޭއެވެ. އަދި އޭގެ ހަ މިނެޓްފަހުން ބަޔޭންގެ ލީޑު ފުޅާކޮށްދިނީ ސަރޖީ ގްނެބްރީއެވެ.

މިމެޗްގައި ބަޔޭންގެ ތިންވަނަ ލަނޑު ޖަހާދިނީ މެޗްގެ 21 ވަނަ މިނެޓްގައި ސާޑިއޯ މާނޭއެވެ. އަދި ހަތަރުވަނަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ސާނޭއެވެ. ބަޔޭންގެ ފަހު ލަނޑު މެޗްގެ 59 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެރިކް މެކްސިމް ޗޮއުޕޯ މޯޓިންގއެވެ.

މިކާމިޔާބީއާއެކު ބަޔޭންމިވަނީ މިހާތަނަށް ކުޅުނު ތިން މެޗްވެސް ކާމިޔާބުކޮށްގެން ލިބިފައިވާ 9 ޕޮއިންޓާއެކު ގްރޫޕް ސީގެ އެއްވަނައިގައެވެ. އަދި ޕްލަޒެން އުޅެނީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައެވެ.