ޚަބަރު

ދޮޅިއަދޫ ކައިރިން ފެނުނު ހަަށިގަނޑު ވަޅުލައިފި


ށ. އަތޮޅު ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ރަށެއްކަމަށްވާ ށ. ދޮޅިޔަދޫކައިރިން ފެނުނު މީހާގެ ހަށިގަނޑު ވަޅުލައިފިއެވެ.މި ހަށިގަނޑު ވަޅުލާފައިވަނީ، ފުލުހުންގެ ތަހްގީގަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށްފަހު މިއަދުގެ އަސުރު ނަމާދަށްފަހުގައިކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.ފުލުހުން ވިދާޅުވީ ށ. ދޮޅިޔަދޫއަށް މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑު ލައްގާފައި އޮތްކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 09:50 ހާއިރުކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި މިހާތަނަށް ބެލިބެލުމުން މި މީހާގެ ހަށިގަނޑަކީ ދުވަސްވެފައިވާ ހަށިގަނޑެއްކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.