ކުޅިވަރު

ނެޓްސް އަތުން ސިކްސާސްއަށް މޮޅެއް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތް ފެށުމުގެ ކުރިން ކުޅެމުންދާ ޕްރީ-ސީޒަނުގައި ބަރޫކްލިން ނެޓްސް އަތުން ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް މޮޅުވެއްޖެއެވެ.

މިމެޗް ސިކްސަރސް ކާމިޔާބުކޮށްފައިވަނީ 127 ޕޮއިންޓް 108 ޕޮއިންޓުންނެވެ.

ދެތީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 15 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާ 3 އެސިސްޓް ދިން ޖޫލިއަން ޝެމްޕޭނީއެވެ. އަދި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 13 ޕޮއިންޓް ހޯދާދީ ހަތަރު ރީބައުންޑް ނަގާ 4 އެސިސްޓްދިން ކެވިން ޑުރާންޓްއެވެ. ޕްރީ ސީޒަންގައި މެޕްފިސް ގްރިޒްލީސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 109 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބުކުރީ ގްރިޒްލީސްއެވެ. މިއީ މިފަހަރުގެ ޕްރީ ސީޒަންގައި ގްރިޒްލީސް ކުޅެ އަދި މޮޅުވި ދެވަނަ މެޗެވެ.

މިމެޗްގައި ގްރިޒްލީސްގެ ޖާ މޮރާންޓް ވަނީ 22 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ. އަދި މެޖިކްގެ އާރް ޖޭ ހެމްޕްޓަންވަނީ 14 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ.

ޕްރީސީޒަންގައި ލޮސް އެންޖަލިސް ލޭކަރސް ވަނީ ސެކްރެމެންޓޯ ކިންގްސް އަތުން 105 ޕޮއިންޓް 75 ޕޮއިންޓުން ބަލިވެފައެވެ. މިމެޗްގައި ކިންގްސްގެ ކީގަން މަރީ ވަނީ 16 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފައެވެ. އަދި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 11 ޕޮއިންޓް ހޯދާދީ 11 ރީބައުންދް ނަގާދީ 2 އެސިސްޓް ދިން އެންތަނީ ޑޭވިސްއެވެ.