މިއަހަރުގެ މޭޖާ ލީގު ސޮކާ ސީޒަން ނިމުމާއެކު ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ބުނެފިއެވެ.
ހިގުއައިން މިހާރު ކުޅެމުންދަނީ އެމްއެލްއެސްގެ އިންޓަރ މައޭމީއަށެވެ.
އުމުރުން 34 އަހަރުގެ ހިގުއައިން އިންޓަރ މައޭމީ އާއި ގުޅިފައިވަނީ 2020 ވަނަ އަހަރުއެވެ. އަދި މިފަހަރުގެ ސީޒަންގައި އެމްއެލްއެސްގެ ޕްލޭ އޮފަށް އެޓީމް ގެންދިއުމަށް އަންނަނީ އުމީދު ކުރަމުންނެވެ. ހިގުއައިން ވަނީ އޭނާގެ ކެރިއަރުގައި ރެއާލް މެޑްރިޑް، ނަޕޯލީ، ޔުވެންޓަސްއަށް ކުޅެފައެވެ. އަދި ލޯން އެއްބަސްވުމެއްގެ ދަށުން އޭސީ މިލާާނާއި ޗެލްސީއަށްވެސް ކުޅެފައިވެއެވެ.
ހިގުއައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ހާމަކުރިގޮތުގައި ފުޓްބޯޅަ އަށް އަލްވަދާއު ކިޔާ ދުވަސް އައިސް ޖެހިއްޖެކަމަށެވެ. މިޕްރޮފެޝަންއިން އޭނާއަށް ގިނަ ކަންތައްތަކެއް ހާސިލް ކުރެވިފައިވާކަމަށާއި އަދި ހިތާމަ އާއި އުފާވެރި ދުވަސްތަކާވެސް ކުރިމަތިވެފައިވާކަމަށެވެ. އަދި އޭނާ ކުޅުނު ހުރިހާ ޓީމެއް ކަމަށްވާ ކްލަބް ޕަލޭމޯ، ރިވަރ ޕްލޭޓް، ރެއާލް މެޑްރިޑް، ނަޕޯލީ، މިލާން، ޗެލްސީ އާއި އިންޓަރ މައޭމީގެ އިތުރުން އާޖެންޓީނާ ޤައުމީ ޓީމްގެ ކުރިހާ ޓެކްނިކަލް ސްޓާފުންނަށް ޝުކުރު އަދާކޮށްފައިވެއެވެ. ހިގުއައިން ހަމަކުރިގޮތުގައި އޭނާ ހީވެސް ނުކުރާވަރުގެ ކާމިޔާބު ކެރިއަރއެއް ލިބިފައިވާކަމަށެވެ. އަދި މިނިންމުން ތެރިން މަސް ކުރިން ނިންމާފައިވާކަމަށްވެސް އޭޏާ ހާމަކުރިއެވެ.
ހިގުއައިން ވަނީ އާޖެންޓީނާ ޤައުމީ ޓީމަށް 75 މެޗް ކުޅެދީ 31 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އޭނާ ވަނީ 2014 ވަނަ އަހަރުގެ ފީފާ ވާރލްޑް ކަޕާއި 2015 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލަށް އާޖެންޓީނާ ގެންދިއުމުގައި މުހިންމު ދައުރެއް އަރާކޮށްފައެވެ. ކްލަބް ކާމިޔާބީތަކަށް ބަލާލާއިރު އޭނާ ވަނީ 707 މެޗްގައި 333 ލަނޑު ޖަހާދީ 113 އެސިސްޓް ކޮށްފައެވެ.