އިންޑިއާގައި ކުރިއަށްދިޔަ ދެކުނު އޭޝިއާ ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ގައުމީ ޖޫނިއަރ ޓީމުން ޓީމު އިވެންޓް ބައިން ދެ ލޯ މެޑެއްޔާއި 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ބައިން ލޯ މެޑެލް ހޯދައިފިއެވެ.
އިންޑިއާގައި ކުރިއަށްދިޔަ ސަރަހައްދުގެ ޖޫނިއާ މުބާރާތުގެ ޓީމު އިވެންޓު ބައިގެ އަންހެން އަދި ފިރިހެން ކެޓަގަރީން ރާއްޖެ ލޯ މެޑަލް ހޯދީ އިންޑިއާ، ސްރީލަންކާ، ނޭޕާލް އަދި ބޫޓާން އާއި ވާދަކޮށެވެ.
17 އަހަރުން ދަށާއި، 15 އަހަރުން ދަށަށް ހާއްސަ ޓީމު އިވެންޓުގައި ރާއްޖެއިން ވާދަކުރިއިރު، 15 އަހަރުން ދަށުގެ އަންހެން ބައިގައި ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޓީމުގައި ހިމެނެނީ ކަލާފާނު ސްކޫލުގެ ސަމްރާ އަޙްމަދު ހައިކަލް، އިސްކަންދަރު ސްކޫލުގެ އައިޝަތު ޒޯޔާ ހުސައިން އާއި ޔޫސުފް މުދާނީ އަދި ރެހެންދި ސްކޫލުގެ އައްޔޫބް އަޒްހަރު މުޙައްމަދެވެ.
17 އަހަރުން ދަށުގެ ލޯ މެޑަލް ހޯދި ޓީމުގައި ހިމެނެނީ ސީއެޗްއެސްސީގެ މުހައްމަދު އުދައިޝް އަހުމަދު ޝަރީފް އާއި ޝުބާ މުހައްމަދު ޝަރީފް، ކަލާފާނު ސްކޫލްގެ ޝައިބާ މުހައްމަދު ޝަރީފް އަދި އިސްމާއިލް ނާބިތު އިބްރާހިމްއެވެ.
މީގެއިތުރުން އޯޕަން އިވެންޓުގެ 15 އަހަރުން ދަށުގެ އަންހެން ބައިން ރާއްޖޭގެ ސަމްރާ އާއި ޒޯޔާގެ ޕެއާ ވަނީ ލޯ މެޑަލް ހޯދާފައެވެ. އަދި 15 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީން ރާއްޖޭގެ ޔޫސުފް މުނާދީ އާއި އައްޔޫބް އަޒްހަރުގެ ޕެއާ ވަނީ ލޯ މެޑަލް ހޯދާފައެވެ.
ސަރަހައްދުގެ ޖޫނިއާ މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދިނީ ކޯޗު އަޙްމަދު އިޔާދުއެވެ.