ޚަބަރު

އެމްއެންޑީއެފްގެ ބޭނުންތަކަށް އިންޑިއާއިން ވެހިކަލް ހަދިޔާކޮށްފި


މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބޭނުންތަކަށް އިންޑިއާ ސަރުކާރުން ވެހިކަލް ހަދިޔާކޮށްފިއެވެ.

އެމް.އެން.ޑީ.އެފް ގެ ބޭނުންތަކަށް އިންޑިއާއިން ހަދިޔާކުރި މި ވެހިކަލްތަކަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު ހިލޭ އެހީ ދިނުމަށް ހެދިފައިވާ އެއްބަސްވުމުގެ ދަށުން ދީފައިވާ ވެހިކަލްތަކެކެވެ. މި ވެހިކަލްތައް ހަވާލުކޮށްދެއްވީ އިންޑިއާގެ ފޮރިން ސެކެޓްރީ ވިނޭ މޯހަން ކްވަތުރާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

އިންޑިއާ ސަރުކާރުން ހަދިޔާކުރި ވެހިކަލްތައް އެމް.އެން.ޑީ.އެފްއާއި ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ޑިފެންސްގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ވެހިކަލްތަކާ ހަވާލުވެވަޑައިގަތުމަށް ފަހު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ އަވައްޓެރި ޤައުމެއްގެ ހައިސިއްޔަތުން ހުރިހާ ގޮތަކުން ވެސް އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާއިން ފޯރުކޮށްދިން އެހީގެ ދަށުން އެމް.އެން.ޑީ.އެފްއަށް 24 ޔޫޓިލިޓީ ވެހިކަލެއް ވަނީ ހަދިޔާކޮށްފައެވެ.


މި ރަސްމިއްޔާތަށް ފަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ މާރިޔާއާއި ވިނޭ ވަނީ ދިފާއީ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާގައި މިނިސްޓަރ ވަނީ ރާއްޖޭގެ ދިފާއީ ބާރުގެ ކުރިއެރުމަށް އިންޑިއާއިން ދެމުން އަންނަ އެއްބާރުލުމާއި، އެހީތެރިކަން ފާހަގަކުރައްވާފައެވެ.