އިސްލާމީ ދުނިޔޭގައި އެންމެ ވަރުގަދަ ޢިލްމުވެރިޔާ ޝައިޚު ޑރ.ޔޫސުފް އަލްޤަރަޟާވީ އަވަހާރަވެއްޖެއެވެ.
މިސްރަށް އުފަން ޝައިޚު ޑރ.ޤަރަޟާވީއަކީ އިސްލާމީ ދުނިޔޭގެ ނުފޫޒުގަދަ، އަދި ގަރުނުގެ ޢިލްމުވެރިޔާކަމަށް ގިނަ ޢިލްމުވެރިން އިއްތިފާޤުވެއްލައްވާ ބޭފުޅެކެވެ.
އަވާހާރަވީ އުމުރުފުޅުން 96 އަހަރުފުޅުގައި ދޯހާގައެވެ. ޝައިޚު ޑރ.ޤަރަޟާވީއަކީ އިސްލާމީ ޢިލްމު ފެތުރުމުގައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވީ ޚިދުމަތްތެރި ބޭފުޅެކެވެ. ޢިލްމު ފެތުރުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިން 120 އަށްވުރެ ގިނަ ފޮތްތައް ލިޔުއްވާ އެތައް ސަތޭކަ ޚުޠުބާތަކެއްވަނީ ދެއްވާފައެވެ. ލިޔުއްވި ފޮތްތަކުގެ ތެރެއިން އެންމެ މަޝްހޫރު ފޮތަކީ "އަލް ޙަލާލް އަލް ޙަރާމް ފިލް އިސްލާމް" ފޮތް ހިމެނެއެވެ.
އެމަނިކުފާނު ޚާއްސަވެފައިވަނީ އިސްލާމީ ދައުލަތުގެ ފައިނޭންސާއި ގުޅޭ ޙުކުމްތަކާއި ޢަމަލުކުރާނެ ގޮތާއި ގުޅޭ ދާއިރާގެ އިތުރުން އަދުގެ ދުނިޔޭގައި ދިމާވެފައިވާ އިޖުތިމާޢީ އެކި މައްސަލަތަކަށް ޙައްލު ހޯއްދެވުމުގައި ގިނަގުނަ މައްސަލަތައް އިސްލާމީ އުސޫލުގެ ތެރެއިން ހޯއްދެވުމަށް މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ޝައިޚު ޑރ.ޤަރަޟާވީ އެމަނިކުފަނުގެ ޕީއެޗްޑީ ހައްދަވާފައިވަނީ 1973 ވަނަ އަހަރު އަލް އަޒްހަރު ޔުނިވަރސިޓީއިންނެވެ. އެމަނިކުފާނުގެ ތީސީސް ޚާއްސަކުރެއްވީ ދުނިޔޭގައި މިއަދު ފެންނަން ހުރި މައްސަލަތަކަށް ޒަކާތުގެ ތެރެއިން ޙައްލު ހޯއްދެވުމުގެ މައްޗަށެވެ.
إنا لله وإنا إليه راجعون
— Ahmed Zahir Ali (@AhmedZahirAli) September 26, 2022
I extend my heart felt condolences to the family of Sheikh Dr. Yusuf Qardawi. He was one of the top prolific scholars of today. May Allah Ta'ala grant him Jannatul Firdaus.
އަވަހާރަވީއިރު އެމަނިކުފާނު ގެންދެވީ އިންޓަރނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޯލަރސްގެ ޗެއަރމަންކަމާއި ޔޫރަޕިއަން ކައުންސިލް ފޮރ ފަތުވާ އެންޑް ރިސަރޗްގެ ވެރިޔާގެ މަޤާމާއި ޖެރުސަލެމް އިންޓަރނޭޝަނަލް ފައުންޑޭޝަންގެ ޗެއާމަންކަމާއި އިންޓަރނޭޝަނަލް ފިޤްޙު އެކަޑަމީ އޮފް ދަ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ މެމްބަރުކަންވެސް ކުރައްވަމުންނެވެ. އެމަނިކުފާނަކީ އޮކްސްފޯޑް ސެންޓަރ ފޮރ އިސްލާމިކް ސްޓަޑީޒްގެ ޓްރަސްޓީއެއްވެސްމެއެވެ. އެމަނިކުފާނު އިސްލާމީ އުއްމަތަށް ކޮށްދެއްވާފައިވާ މަސައްކަތްޕުޅު ފާހަގަކޮށް ބައިނަލްއަޤުވާނީ 8 އެވޯޑެއްވަނީ ލިބިވަޑައިގަންނަވާފައެވެ. އެމަނިކުފާނުވަނީ އަލްޖަޒީރާ މެދުވެރިކޮށް އިސްލާމީ ޢިލްމު ފެތުރުމުގައިވެސް ޕްރޮގްރާމްތައް ގެނެސްދެއްވާފައެވެ.
To Allah we belong and to Him we shall return.
— Dr. Yasir Qadhi (@YasirQadhi) September 26, 2022
The Allāmah, Shaykh Dr. Yusuf al-Qardawi, has returned to his Lord.
May Allah forgive his sins, exalt his ranks, accept his good deeds, and preserve his legacy as a means of blessings for him and benefit for all of us! pic.twitter.com/7Q03JUjyhJ
ޝައިޚު ޤަރަޟާވީއަކީ މިސްރަށް އިންޤިލާބީ ބަދަލު ގެންނެވުމުގައި ޙަރަކާތްތެރިވި އެޤައުމުގެ މުސްލިމްބްރަދަރހޫޑްގެ އިސް ލީޑަރެކެވެ. މިސްރަށް އިންޤިލާބީ ބަދަލު ގެންނެވުމުގައި ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިން 3 ފަހަރެއްގެ މަތިންވަނީ ޖަލަށް ވަޑައިގަންނަވަންޖެހިފައެވެ.
ޝައިޚު ޤަރަޟާވީ އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި ޢިލްމުވެރިންނާއި އިސްލާމީ ޤައުމުތަކުގެ ވެރިން ގެންދަވަނީ އެކަމުގެ ހިތާމަފާޅުކޮށް ތަޢުޒިޔާ ދަންނަވަމުންނެވެ. އަދި އެއީ އިސްލާމީ އުއްމަތަށް ލިބިގެންދިޔަ ފޫނުބެއްވޭވަރުގެ ހިތާމައެކެވެ.