ޚަބަރު

ނ އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫއާއި، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީއަށް ‏ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މާލެ ވަޑައިގެންފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ނަރުދަމާގެ ޚިދުމަތް ފައްޓަވާދެއްވާ، އެރަށު ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫޢު ނިންމަވާދެއްވާފައެވެ. އަދި އެމަނިކުފާނު މިދަތުރުފުޅުގައި ވަނީ މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ބަނދަރު ވެސް ހުޅުއްވައިދެއްވާފައެވެ.މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
އަލްފާޟިލް ޠާރިޤް އިބްރާހީމްއާއި، ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުއާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ސަރުކާރުގެ ބައެއް ވިޔަފާރި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.