ވިޔަފާރި

މިއަހަރުގެ އެކައުންޓްސް ފޯރަމްގެ މެއިން ސްޕޮންސަރަކަށް އެސްޓީއޯ


މިއަހަރުގެ މޯލްޑިވްސް އެކައުންޓްސް ފޯރަމްގެ މެއިން ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ. މޯލްޑިވްސް އެކައުންޓްސް ފޯރަމަކީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް ) އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުންދާ ފޯރަމްއެކެވެ.

މިއަހަރުގެ އެކައުންޓްސް ފޯރަމް އޮންނާނީ އަންނަ މަހުގެ 29 އިން 30 އަށެވެ. ސްޕޮންސަރުންނާއިއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޯރ ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ދިރާގު، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އަދި ޕެންޝަން އޮފީހެވެ. މި ފޯރަމްގެ ބޭންކިންގ ޕާރޓްނަރ އަކަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސްއެވެ.

މިއަހަރުގެ ފޯރަމްގެ ތީމްއަކީ 'އިކޮނޮމިކް ޓްރާންސްފޮމޭޝަން -ރީތިންކިންގ ގްރޯތު އިން ދަ ނިއު އިކޮނޮމީ'، އެވެ. މިއަހަރުގެ ފޯރަމް ބިނާވެގެންދާނީ، އެކައުންޓިންގ އަދި އޮޑިޓިންގ ދާއިރާއަށް އަންނަމުންދާ ބަދަލުތަކަށް އަހުލުވެރިކޮށް މި ފަންނުގެ މަސްލަހަތުވެރިންގެ މެދުގައި ޢިލްމާއި ތަޖުރިބާ ޙިއްސާކުރުމަށްކަމަށް ސީއޭ މޯލްޑިވްސްއިން ބުނެއެވެ.

މި ފޯރަމްގައި އޭޝިއާ ރީޖަންގެ ޗާރޓަރޑް އެކައުންޓިންގ އިސްޓިޓިއުޓްގެ އިސްވެރިންގެ އިތުރުން، އެކައުންޓިން އާއި ވިޔަފާރީގެ އެކި ދާއިރާތަކުގެ ތަޖުރިބާކާރު ފަންނުވެރިންގެ ބައިވެރިވުމާއިއެކު، ޤައުމުގެ އިޤްތިސާދާއި ގުޅުން ހުރި މުހިންމު ހުށަހެޅުންތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެކަމަށް ސީއޭ މޯލްޑިވްސް އިން މައުލޫމާތުދެއެވެ.